ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
އެވޮކާޑޯ ސްމޫތީ – މުނިއަވަސް ރަހަފަތް
ފޮޓޯ: މުނިއަވަސް ރަހަފަތް

⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 5 މިނިޓް
🍲 ތައްޔާރުކުރެވޭނެ މިންވަރު: 2 މީހުންނަށް

ބޭނުންވާ ތަކެތި:

🍳 1 ފާވެފައިވާ އެވޮކާޑޯ (މެދުން ފަޅާލައި އޮށް ނަގާފައި)
🍳 1 ވައް ދޮންކެޔޮ (ބޮޑު ސައިޒުގެ)
🍳 1 ޖޯޑު އަލަނާސި (ގޮޅިކޮށް ކޮށާފައި)
🍳 1 ޖޯޑު ކިރު
🍳 ½ ތަށި ވެނީލާ ޔޯގަޓް
🍳 3 ސައިސަމުސާ މާމުއި
🍳 8 އައިސް ކިއުބް
🍳 5 އަލްމަންޑް (ތުނިކޮށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް:

1 – އެންމެ ފުރަތަމަ ބްލެންޑަރަށް ކިރު، ޔޯގަޓް، މާމުއި އެޅުމަށްފަހު، އައިސް ކިއުބް، އެވަކާޑޯ، ދޮންކެޔޮ އަދި އެންމެ މައްޗަށް އަލަނާސި އަޅާލާށެވެ.

2 – ފެށުމުގައި ބްލެންޑަރު މަޑު ދުވެލީގައި ޖެއްސުމަށްފަހު، މަޑުމަޑުން ބާރުމިން އިތުރުކުރަމުން ގޮސް، ހުރިހާ ބާވަތްތަކެއް ރަނގަޅަށް ގިރި، އޮލަވަންދެން ބްލެންޑް ކުރާށެވެ.

3 – ބްލެންޑްކޮށް ނިމުމުން ތަށްޓަކަށް އަޅާލާފައި މައްޗަށް އަލްމަންޑްކޮޅު އަޅާލައިގެން ތާޒާކޮށް ބޯލާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top