ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “ދީވާރް” މިރޭ ފަށަނީ
ފޮޓޯ: ހަމް ޓީވީ އިންސްޓަގްރާމް

ޕާކިސްތާނުގެ އާ ޑްރާމާ ސިލްސިލާ “ދީވާރް” މިރޭ (19 ޖޫން) ގައި ދައްކަން ފަށާނެއެވެ.

ޕާކިސްތާނުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޢަލީ އައްބާސް އާއި ސުނީތާ މާޝަލް ލީޑް ރޯލުން ފެނިގެންދާ “ދީވާރް” ގައި އަހްމަރް ހުސައިން އަދި މީރް ޔޫސުފް މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ.

“ދީވާރް” ގެ ވާހަކަ ބިނާވެފައިވަނީ އަމިއްލަ ހުވަފެންތަކާއި، ޖަޒުބާތުތަކާއި، ދިރިއުޅުމުގައި ކުރިމަތިވާ އުނދަގޫ ނިންމުންތަކުގެ މެދުގައި ތާށިވެފައިވާ ޒުވާނެއްގެ މައްޗަށެވެ. މީގެ އިތުރުން އިޖުތިމާޢީ ފަންތީގެ ތަފާތުތަކުގެ ސަބަބުން ގުޅުންތަކަށް ކުރިމަތިވާ ހުރަސްތަކާއި، ސިއްރުތަކާއި، ނުބުނެވި ހުންނަ ވާހަކަތަކުގެ ސަބަބުން އުފެދޭ ނުތަނަވަސްކަން މި ޑްރާމާއިން ފެނިގެންދާނެއެވެ.

މި ޑްރާމާއަކީ މައުމޫނާ އަޒީޒްގެ ސްކްރީންޕްލޭއަކަށް އަދީލް ސިއްދީޤީ ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ. ޕްރޮޑިއުސްކުރީ މޫމިނާ ދުރައިދު ޕްރޮޑަކްޝަނުންނެވެ.

މިރޭ ހަމް ޓީވީއިން “ދީވާރް” ދައްކަން ފަށާއިރު ކޮންމެ ރެއެއްގެ 7:00 ގައި މި ޑްރާމާ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާ ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top