ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕެނަމާ ބަލިކޮށް ކްރޮއޭޝިއާއިން ދެވަނަ ބުރުގެ އުންމީދު އާކޮށްފި
ފޮޓޯ: ގެޓީ އިމޭޖަސް

ކެނެޑާގެ ޓޮރޮންޓޯ ސިޓީގައި ރޭ ފަތިހު ކުޅުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުން ޕެނަމާ ބަލިކޮށް، ކްރޮއޭޝިއާ އިން މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ކްރޮއޭޝިއާ ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއާއެކު ޕެނަމާ ވަނީ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކަޓާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު، ޕެނަމާއަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 23 ވަނަ މިނެޓުގައި ލުއިސް ރޮޑްރިގޭޒް ބޮލުން ފޮނުވާލި ބޯޅަ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ޕެނަލްޓީ އޭރިއާ ބޭރުން ކްރޮއޭޝިއާގެ މާޓިން ބަޓުރިނާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޕެނަމާގެ ކީޕަރު އޮރްލަންޑޯ މޮސްކެރާ ވަނީ މަތަކޮށްފައެވެ.

ކްރޮއޭޝިއާ އިން މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައެވެ. ޖޯސިޕް ސްޓަނިސިޗް ނަގައިދިން ހުރަހަކުން މި ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަންޓޭ ބުޑިމީރެވެ. އޭގެ ފަހުން ކްރޮއޭޝިއާގެ މޮޑްރިޗް ދިން ބޯޅައަކުން މާކޯ ޕަސަލިޗް ފޮނުވާލި ބޯޅައެއް ވެސް ޕެނަމާ ކީޕަރު ދިފާއުކުރިއެވެ. މެޗުގެ ފަހުބައިގައި ޕެނަމާ އިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ކްރޮއޭޝިއާގެ ކީޕަރު ވަނީ އެ ހުރިހާ ހަމަލާތަކެއް ހުއްޓުވާފައެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ބަލާއިރު، ކްރޮއޭޝިއާ ނުކުންނާނީ ގާނާއާ ދެކޮޅަށެވެ. އަދި މުބާރާތުން ކަޓާފައިވާ ޕެނަމާ ބައްދަލުކުރާނީ އިންގްލެންޑާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top