ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ތަރުކާރީ ރާމެން ނޫޑްލްސް – މުނިއަވަސް ރަހަފަތް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކޮށްލުމަށް ހޭދަވާނެ ވަގުތު: 5 މިނެޓު
⏱️ ކައްކަން ހޭދަވާނެ ވަގުތު: 20 މިނެޓު
⏱️ ޖުމްލަ ވަގުތު: 25 މިނެޓު
🍲 ތައްޔާރުކުރެވޭނީ: 2 މީހުންނަށް

ބޭނުންވާ ތަކެތި:

🍳 2 ފެކެޓު އިންސްޓަންޓް ރާމެން ނޫޑްލްސް (ސޯޔާ ފްލޭވަރ) – މީގެ ތެރެއިން ބޭނުންކުރާނީ އެއް ހަވާދު ޕެކެޓެވެ.
🍳 1 ސައިސަމުސާ ސެސަމީ އޮއިލް
🍳 ¼ ޖޯޑު މަޝްރޫމް (ކުދިކޮށް ކޮށާފައި)
🍳 ⅓ ޖޯޑު ބްރޮކޮލީ (ކުދިކޮށް ކޮށާފައި)
🍳 1 ލީކްސް (ހުދު ބަޔާއި ފެހި ބައި ވަކިން ކޮށާފައި)
🍳 2 ސައިސަމުސާ އޮލިވް އޮއިލް
🍳 1 ބޮޑު ކުކުޅު ބިސް (ގިރާފައި)
🍳 ސެސަމީ ސީޑްސް – ގާނިޝް ކުރުމަށް (ބޭނުންނަމަ)

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – ބޮޑު ތެއްޔަކަށް ފެން އަޅައި ކައްކަން އުދާށެވެ. ފެން ކެކެން ފެށުމުން ނޫޑްލްސްތައް އަޅައި 3 މިނެޓު ވަންދެން ކައްކާށެވެ. އެއަށްފަހު ފެން ފޭދުމަށްފަހު، އިތުރަށް މަޑުވިޔަ ނުދިނުމަށްޓަކައި ފެން އޮއްސާލައި، ފެންކޮޅު ރަނގަޅަށް ހިއްކާލާށެވެ.

2 – ނޫޑްލްސް ކެކެމުންދާއިރު، ތަވައަކަށް ސެސަމީ އޮއިލް، މަޝްރޫމް، ބްރޮކޮލީ އަދި ލީކްސްގެ ހުދުބައި އަޅައި މެދުގިނީގައި ކައްކާށެވެ. ގާތްގަނޑަކަށް 6 މިނެޓު ވަންދެން ނުވަތަ ރަން މުށިކުލަ އަރަންދެން ކެއްކުމަށްފަހު އުނދުން ނިވާލާފައި ވަކިން ބަހައްޓާށެވެ.

3 – ކައްކާފައި ހުރި ނޫޑްލްސްގެ ތެރެއަށް އޮލިވް އޮއިލް އަދި ރާމެން ހަވާދު ޕެކެޓު އެޅުމަށްފަހު، ހުރިހާ ނޫޑްލްސްއެއްގައި ހަވާދު ހޭކޭނޭހެން ރަނގަޅަށް އެއްކޮށްލާށެވެ.

4 – ބޮޑު ތަވައެއް އުދައި މެދުގިނީގައި ހޫނުކުރުމަށްފަހު، ހަވާދު އެއްކުރި ނޫޑްލްސްތައް އަޅައި 4 މިނެޓު ވަންދެން ކައްކާށެވެ. އެއަށްފަހު ނޫޑްލްސްތައް ފުށުން ޖަހައި، މެދު ތެރެއިން ޖާގައެއް ހަދައިލުމަށްފަހު ގިރާފައި ހުރި ބިސް އަޅާށެވެ. ބިސްކޮޅު ރަނގަޅަށް ރޯފިލަންދެން ގާތްގަނޑަކަށް 4 މިނެޓު ވަންދެން ކައްކާށެވެ.

5 – ތަވައިގެ ތެރޭގައި ހުރި ބިސްކޮޅު ކުދިކޮށްލުމަށްފަހު، ކުރިން ތައްޔާރުކުރި ތަރުކާރީތައް އޭގެ ތެރެއަށް އަޅައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. އަދި އިތުރު 1 މިނެޓު ވަންދެން ކައްކާލާށެވެ.

6 – ތައްޔާރުކުރި ނޫޑްލްސް ކާން ބޭނުންވާ ތައްޓަކަށް ބަދަލުކުރުމަށްފަހު، އޭގެ މައްޗަށް ލީކްސްގެ ފެހިބަޔާއި ސެސަމީ ސީޑްސްކޮޅެއް ބުރުއްސާލައިގެން ހޫނުކޮށް ސާވް ކުރާށެވެ.

އިތުރު އިރުޝާދެއް:

ބޭނުންނަމަ ރާމެންގެ އިތުރު ފްލޭވަރތައްވެސް ބޭނުންކުރެވިދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top