ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހެލްތާއި ޑީޖޭއޭ މެޗު އެއްވަރުވީއިރު، ބަންޑާރަ ބަލިކޮށް އަވްސެކް ގުރޫޕްގެ ދެވަނައަށް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސް ކުލެސިކް މުބާރާތުގެ 25 ވަނަ މެޗުގައި ހެލްތު ރެކްރިއޭޝަނާއި ޑީޖޭއޭ މެޗު އެއްވަރުވެގެން ނިމުނުއިރު، 26 ވަނަ މެޗުގައި ބަންޑާރަ ކުލަބް ބަލިކޮށް ކުލަބް އަވްސެކް ގުރޫޕްގެ ދެވަނައަށް ޖެހިލައިފިއެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

މެޗު 25

ފަންސަވީސްވަނަ މެޗުގައި ބައްދަލުކުރީ ކުލަބް ޑީޖޭއޭ އާއި ހެލްތު ރެކްރިއޭޝަން ކުލަބެވެ. ގުރޫޕް ބީގައި ހިމެނޭ މި ދެ ޓީމު މި މެޗަށް ނުކުތްއިރު، ހަތަރު ޕޮއިންޓާއިއެކު ޑީޖޭއޭ އޮތީ ގުރޫޕްގެ ދެވަނައިގައެވެ. ތިން ޕޮއިންޓާއިއެކު ހެލްތު ރެކްރިއޭޝަން ކުލަބް އޮތީ ހަތަރު ވަނައިގައެވެ.

ވާދަވެރި ކުޅުމެއް ފެނުނު ފޯރިގަދަ މި މެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ހެލްތުގެ ލަނޑުތައް ޖަހައިދިނީ ޔޫސުފް ޝާހިދު 2 ލަނޑު އަދި ނިމާލް ޚާލިދާއި އާދަމް އަޒުހާން ކޮންމެ ކުޅުންތެރިއެއް 1 ލަނޑެވެ. ކުލަބް ޑީޖޭއޭގެ އިބްރާހިމް ޒަޔާން ހެޓްރިކް ފުރިހަމަ ކުރިއިރު އެ ޓީމުގެ އަނެއް ލަނޑު ޖެހީ ސައުދުﷲ އަޙްމަދެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހެލްތު ރެކްރިއޭޝަންގެ ޔޫސުފް ޝާހިދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޔޫސުފް ޝާހިދު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މެޗު 26

ސައްބީސްވަނަ މެޗުގައި ބައްދަލުކުރީ، ގުރޫޕް އޭގައި ހިމެނޭ ކުލަބް އަވްސެކް އާއި ބަންޑާރަ ކުލަބެވެ. ތިން ޕޮއިންޓާއިއެކު ގުރޫޕްގެ ތިންވަނައިގައި ކުލަބް އަވްސެކް އޮތްއިރު، ބަންޑާރަ ކުލަބް އޮތީ ކުޅުނު ދެ މެޗުން ބަލިވެ ގެއްލުން ސަތާރަ ލަނޑާއިއެކު ގުރޫޕްގެ ފުލުގައެވެ.

ފަސޭހަކަމާއިއެކު ތަފާތުބޮޑު ނަތީޖާއަކުން ބަންޑާރަ ކުލަބް ބަލިކޮށް، ކުލަބް އަވްސެކް ގުރޫޕްގެ ދެވަނައަށް ޖެހިލި މި މެޗުގައި، ކުލަބް އަވްސެކްގެ ލަނޑުތައް ޖަހައިދިނީ ޢަބްދުﷲ ބައްސާމް، ޙުސައިން ސާދިން، އިމާން އިލްޔާސް، މުޙައްމަދު ނާއިލް، ތައުމީން ނޫހް، ކޮންމެ ކުޅުންތެރިއެއް އެއްލަނޑު އަދި އިބްރާހިމް ޒިޔާން ދެ ލަނޑެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ތައުމީން ނޫހް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބް އަވްސެކްގެ ތައުމީން ނޫހްއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top