ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިލްމު “ޖަންނަތު” ހިލޭ ބަލައިލަން ބޭނުންތަ؟

ޓިކެޓް ގަނެގެން ރީފަންޑް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ފިލްމީ އުފެއްދުންތަކަށް އިންތިޒާރުކުރާ ފަރާތްތަކަށް މިއީ ރަން ފުރުސަތެކެވެ. ކުރިއަށް އޮތް ފިލްމު “ޖަންނަތު” ހިލޭ ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

މި ފިލްމުގެ ޕްރޮމޯޝަންގެ ދަށުން، ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ކުރިން “ޖަންނަތު” ގެ ޓިކެޓް ބައްލަވައިގަންނަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރިންނަށް ޓިކެޓަށް ހޭދަކުރި ފައިސާ މުޅިން އަނބުރާ ލިބޭނެއެވެ. މިއީ ފިލްމު ބަލައިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދެވޭ ވަރަށް ހާއްސަ ހަދިޔާއެކެވެ.

މިހާރު އޮލިމްޕަސް ސިނަމާގެ ކައުންޓަރުން މި ފިލްމުގެ ޓިކެޓް ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް ނުވަތަ ޓިކެޓާ ގުޅޭ ކަންކަމުގައި 9911229 ނަންބަރު ހޮޓްލައިނަށް ގުޅުއްވުމަށް ފިލްމުގެ ޓީމުން އެދެއެވެ.

ފިލްމާ ގުޅޭ މައުލޫމާތު:
މަޝްހޫރު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ “ޖަންނަތު” އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރުމަށް ތާވަލުކޮށްފައިވަނީ 3 އޯގަސްޓް 2026 ގައެވެ.

ޑާކް ރެއިންގެ މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ޠަލާލް ގުޅިގެންނެވެ.

މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނާނުން ކަމަށްވާ ޝަރަފު އަބްދުﷲ، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އަދި އާމިނަތު ޝުހާ އެވެ. މީގެ އިތުރުން، މި ފިލްމުން ތުއްތު ކުއްޖެއް ކަމަށްވާ ‘މަފިން’ ވެސް ފެނިގެންދާނެއެވެ.

އަވަހަށް ޓިކެޓް ބައްލަވައިގެން، “ޖަންނަތު” ހިލޭ ބަލައިލުމުގެ ނަސީބުވެރިއަކަށް ވުމަށް ތައްޔާރުވޭ!

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top