ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފޮޓޯގެ ފަހަތުގައިވާ ވާހަކަ: މޭޔަރު ނިދަނީ މަގުމަތިވެފައިވާ މީހުންނާއެކު

– ކޮލޮރާޑޯގެ މޭޔަރަކު ދައުލަތުން ޚަރަދުކުރާ 481 މިލިއަން ޑޮލަރުގެ ކަންކަން ގާތުން ބެއްލެވުމަށް ކޮންމެ ހުކުރު ވިލޭރެއަކު ‘މަގުމަތީގައި’ ވަގުތު ހޭދަކުރައްވަނީ

އެމެރިކާގެ ކޮލޮރާޑޯ ސްޓޭޓްގެ އައުރޯރާގެ ރިޕަބްލިކަން މޭޔަރު، މައިކް ކޮފްމަން، ކޮންމެ ހުކުރު ވިލޭރެއަކު އޭނާގެ ރަސްމީ އޮފީސް ދޫކޮށްލެއްވުމަށްފަހު، އެ ސިޓީގައި ހުންނަ މަގުމަތިވެފައިވާ މީހުން ބައިތިއްބާ މަރުކަޒެއްގައި ނިދިކުރައްވަމުން ގެންދަވާތާ މިހާރު މަސްތަކެއް ވެއްޖެއެވެ.

އުމުރުން 71 އަހަރުގެ ކޮފްމަން، ޑެންވަރާ އިންވެގެން އޮންނަ އައުރޯރާ ރީޖަނަލް ނެވިގޭޝަން ކެމްޕަހުގައި ރޭގަނޑު ހޭދަކުރައްވަނީ މަގުމަތިވެފައިވާ މީހުންނަށް ދިމާވާ ގޮންޖެހުންތައް އިހުސާސްކުރެއްވުމަށެވެ. އަދި ހޮނިހިރު ދުވަހުގެ ހެނދުނު އެމީހުންނަށް ނާސްތާ ތައްޔާރުކޮށްދިނުމުގައިވެސް އޭނާ އެހީތެރިވެދެއްވައެވެ. މީގެ އިތުރުން، އޭނާގެ މި ހަރަކާތުގެ ސަބަބުން، މަގުމަތިވެފައިވާ މީހުންގެ ކަންކަމަށް ދައުލަތުން އަހަރަކު ހޭދަކުރާ 481 މިލިއަން ޑޮލަރު ބޭނުންކުރެވެމުންދާ ގޮތް ވަރަށް ގާތުން ބަލާލުމުގެ ފުރުސަތު އޭނާއަށް ލިބިގެންދެއެވެ.

ކުރީގެ ކޮންގްރެސް މެންބަރެއްގެ އިތުރުން އިރާގު ހަނގުރާމައިގައި މަސައްކަތްކުރެއްވި މެރިން އެއް ކަމަށްވާ ކޮފްމަން އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވަނީ، “މި ތަޖުރިބާގެ ސަބަބުން އެމީހުންނަށް ކުރިމަތިވާ ތަފާތު އަދި އުނދަގޫ ގޮންޖެހުންތައް މާ ރަނގަޅަށް ދެނެގަތުމަށް މަގުފަހިވެއްޖެ” ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެމީހުންނަކީ ދަށް ބައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ ކޮންމެ މީހަކީވެސް އަމިއްލަ ޝަހުސިއްޔަތެއް ކަމަށް ބަލައި، ހަމްދަރުދީއާއެކު އެމީހުންނަށް އެހީތެރިވުމަށް ބާރަކަށް ވެއްޖެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top