ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ފަހު މެޗް ކާމިޔާބުކޮށް ކޮލަމްބިއާ ގަދަ 16 އަށް ދަތުރު ކޮށްފިއެވެ. ކެންސަސް ސިޓީ ސްޓޭޑިއަމްގައި މިއަދު ކުޅެވުނު މި މެޗްގައި ބައްދަލުކުރީ ގާނާ އާއި ކޮލަމްބިއާ އެވެ.
މުބާރާތުގެ ދެވަނަ ބުރަށް މި ދެ ޓީމު ދަތުރުކޮށްފައިވާ ގޮތަށް ބަލާއިރު، ކޮލަމްބިއާ އަކީ ގުރޫޕް ކޭގެ އެއްވަނަ ޓީމެވެ. ގާނާއަކީ ގުރޫޕް އެލްގެ ތިން ވަނަ ޓީމެވެ. އެ ޓީމަށް ދެވަނަ ބުރުން ޖާގަ ލިބުނީ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކަށް ޖާގަ ދިނުމަށް ހަމަ ޖެއްސި އުސޫލުގެ ތެރެއިންނެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗްގެ ކުރީކޮޅު ގާނާ އިން ރަނގަޅު ފުރުސަތެއް ފަހިކުރި ނަމަވެސް އެ ބޯޅަ ގޯލައަށް ވައްދާލެވޭ ގޮތެއް ނުވިއެވެ. ގުރޫޕް ސްޓޭޖުގައި ވެސް މޮޅު ކުޅުމެއް ދެއްކި މެކްސިކޯއިން މެޗުގެ ކޮންޓްރޯލް ހޯދައި ގާނާ ހާފުގެ ފަހަތަށް ބާރު ބޮޑުކުރިއިރު ގާނާގެ ޑިފެންސް ފެނުނީ ވަރުގަދަކޮށް ބަދަހިކޮށެވެ. މި މެޗްގައި ފެނުނު ހަމައެކަނި ލަނޑު ކޮލަމްބިޔާއިން ޖެހީ މެޗުގެ 14 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޖޯން އަރިއަސް އެވެ. އޭނާ މި ލަނޑު ޖެހީ ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މި ލަނޑަށް ފަހު ވެސް ރަނގަޅަށް ކުޅުނީ ކޮލަމްބިއާ އެވެ. ގާނާއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު މި މެޗްގެ ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ.
ދެ ވަނަ ހާފުގެ ފެށުން ވެސް ފެނުނީ ދާދި ހަމަހަމަ ކޮށެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެޓީމަށް ވެސް ލިބުނުއިރު އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވިފައެއް ނުވެއެވެ. މަޑުމަޑުން މެޗުގެ ތެރެއަށް ވަން ކޮލަމްބިއާ މެޗުގެ ކޮންޓްރޯލް ހޯދިއިރު އެ ޓީމުން ވަނީ ގާނާ ގޯލައަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ.
ޑިފެންސަށް އިސްކަންދީގެން ކުޅެމުންދިޔަ، ގާނާއިން ވަނީ ފަހު ވަގުތު ވަރަށް ބޮޑަށް ކުރިޔަށް ޖެހި، ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. ގާނާގެ ހަމަލާތައް ހުއްޓުވުމުގައި ކާމިޔާބު ހޯދި ކޮލަމްބިއާއިން ވަނީ މެޗުގެ ފަހުކޮޅު ވެސް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ.
މިމެޗުން މޮޅުވެ ގަދަ 16 ގެ ޖާގައެއް ކޮލަމްބިއާ ހޯދިއިރު އެންމެ ފަހުގެ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިވެފައެއް ނުވެއެވެ.
ގަދަ 16ގެ މެޗުތައް މިރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ.
1- މޮރޮކޯ އާއި ކެނެޑާ
2- ޕެރަގުއޭ އާއި ފްރާންސް
3- ބުރެޒިލް އާއި ނޯވޭ
4- މެކްސިކޯ އާއި އިންގްލެންޑް
5- ޕޯޗުގަލް އާއި ސްޕެއިން
6- އެމެރިކާ އާއި ބެލްޖިއަމް
7- އާޖެންޓީނާ އާއި މިސްރު
8- ސްވިޒަލެންޑް އާއި ކޮލަމްބިއާ
