ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މިވަރަށް ކަސްރަތު ކުރާއިރުވެސް ފަލަވަނީ ކީއްވެ؟
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ސިއްޙަތު ސަލާމަތުން ބެހެއްޓުމަށާއި ހަށިގަނޑު ރީތި ބައްޓަމެއްގައި ބެހެއްޓުމަށްޓަކައި ކަސްރަތު ކުރުމަކީ މިއަދު ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް، ޤަވާއިދުން ކަސްރަތު ކުރާ ބައެއް މީހުންގެ ޝަކުވާއަކީ ކިތަންމެ ވަރަކަށް ކަސްރަތު ކުރި ނަމަވެސް ބަރުދަން ލުއިނުވުމާއި، އަދި ބައެއް ފަހަރު ބަރުދަން އިތުރުވަމުން ދިއުމެވެ. މިއީ ވަރަށް ގިނަ ބަޔަކަށް ދިމާވާ، މާޔޫސްކުރުވަނިވި ކަމެކެވެ.

މިކަން މިހެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ކަސްރަތު ކުރަމުންދާއިރު ކާބޯތަކެތީގެ މިންގަނޑަށް ސަމާލުކަން ނުދެވުމެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ގަޑިއެއް ނުވަތަ ދެގަޑިއިރު ވަންދެން ޖިމުގައި ނުވަތަ ދުވަން އުޅުމުން، ދެން ދުނިޔޭގައި ލެއްވިހާ އެއްޗެއް ކެއުމުގެ ހުއްދަ ލިބުނީ ކަމަށެވެ. ކަސްރަތު ކުރުމުން ހަށިގަނޑުން އަންދާލާ ކެލޮރީއަށްވުރެ، ކަސްރަތަށްފަހު ބޭނުންކުރާ ހަކުރާއި ތެޔޮ ގިނަ ކާނާއިން ހަށިގަނޑަށް އެތެރެވާ ކެލޮރީ ގިނަވާނަމަ، ބަރުދަން ލުއިވުމުގެ ބަދަލުގައި ވާނީ އިތުރެވެ. “ކަސްރަތު ކުރަނީ ކެއުމުގެ ބޭނުމުގައި” ކަމަށް ބަލައިގެން ކުރާ ކަސްރަތަކުން އެދެވޭ ނަތީޖާއެއް ނުފެންނާނެއެވެ.

ބަރުދަން ލުއިކުރުމަކީ ހަމައެކަނި ދުވުމަކުން ނުވަތަ ބަރު އުފުލުމަކުން އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. މިއީ ވަރުގަދަ އަޒުމަކާއި ހިތްވަރެއް ބޭނުންވާ ކަމެކެވެ. ކާހިތްވާ ކޮންމެ އެއްޗަކަށް “ނޫނެކޭ” ބުނުމުގެ ހިތްވަރު ހުންނަން ޖެހެއެވެ. ގިނަ މީހުންނަށް ބަރުދަން ލުއިނުވަނީ ކެއުމުގެ އާދަތައް ބަދަލުކުރުމަށް ހިތްވަރު ނެތުމުންނެވެ. ކަސްރަތާއެކު ސިއްޙަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، މާގިނައިން ކެއުމުން ދުރުހެލިވުމަކީ ނަފުސުގެ މައްޗަށް އޮންނަ ވަރުގަދަ ކޮންޓްރޯލެއްގެ ސަބަބުން ނޫނީ ނުވާނެ ކަމެކެވެ.

ބަރުދަން ލުއިކުރަން ބޭނުންނަމަ ކަސްރަތަކީ އެކަމުގެ އެއްބައި ކަމުގައި ދެކެން ޖެހެއެވެ. އަނެއް ބަޔަކީ ކެއުމުގެ ރަނގަޅު އާދަތަކެވެ. “ކަސްރަތު ކުރަމޭ” ބުނެ ކޮންމެ ކޮންމެ އެއްޗެއް ކެއުމަކީ ބަރުދަން އިތުރުވުމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން، ހިތްވަރާއެކު ކެއުމަށް ބަދަލު ގެނެސް، ކެތްތެރިކަމާއެކު މަސައްކަތް ކޮށްފިނަމަ ބޭނުންވާ ނަތީޖާ ހާސިލުވާނެކަން ކަށަވަރެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top