ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފައި މައްޗަށް އުފުލައިގެން އޮތުން: ނިދުމުގެ ފަސޭހަ އުކުޅެއް
ފޮޓޯ: މރ. ހެލްތީ - އެފްބީ

މުޅި ދުވަހު ވަރުބަލިވެފައި ހުރި ނަމަވެސް، ނިދަން އުނދަގޫވާނަމަ، އޭގެ ސަބަބަކީ މުޅި ދުވަހު ކޮޅަށް ހުރުމުގެ ނުވަތަ އިށީނދެގެން އިނުމުގެ ސަބަބުން ހަށިގަނޑުގެ ދިޔާ ތަކެތި ދައުރުވުމަށް ދިމާވާ ހުރަސްތަކަށް ވެދާނެއެވެ.

ބަޔޯމެކޭނިކްސްގެ މާހިރުން ހާމަކުރާ ގޮތުގައި، ހިތުގެ އެހީގައި ލޭ ދައުރުކޮށްދޭ ނިޒާމާ ޚިލާފަށް، ހަށިގަނޑުގެ “ލިމްފެޓިކް ސިސްޓަމް” ނުވަތަ ދިޔާ ތަކެތި ދައުރުކޮށްދޭ ނިޒާމުގައި ވަކި ޕަމްޕެއް ނުހުރެއެވެ. މި ނިޒާމު މަސައްކަތް ކުރަނީ ހަށިގަނޑުގެ ހަރަކާތްތަކާއި މަސްތަކަށް އަންނަ ބަދަލުތަކުގެ އެހީގައެވެ. ގިނަ ވަގުތު ކޮޅަށް ނުވަތަ ތެދަށް ހުރުމުގެ ސަބަބުން ފަޔަށް ދިޔާ ތަކެތި ޖަމާވެ، އެ ތަކެތި އަނބުރާ ހިތާ ދިމާލަށް ފޮނުވުމަށްޓަކައި ހިތާއި ލޭހޮޅިތަކުން ކުރަންޖެހޭ މަސައްކަތް ބުރަވެގެންދެއެވެ.

ނިދުމުގެ ކުރިން ހަށިގަނޑު ހަމައަކަށް އަޅުވާލުމަށްޓަކައި “ފައި ފާރުގައި ޖައްސައިގެން މައްޗަށް އުފުލައިގެން އޮތުން” މިއީ މިހާރު ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އަންނަ އުކުޅެކެވެ. ބުރަކަށި ބިންމަތީގައި ޖައްސައި، ފާރުގައި ފައި ވިއްދައިގެން ގާތްގަނޑަކަށް 10 މިނެޓު ވަންދެން އޮތުމުން، ގްރެވިޓީ ނުވަތަ ބިމަށް ދަމާ ބާރުގެ އެހީގައި ފައިގައި ހުންނަ ދިޔާ ތަކެތި ފަސޭހަކަމާއެކު ހަށިގަނޑުގެ މަތީ ބަޔަށް ދައުރުވެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ ތިރީބަޔަށް ކުރާ ބާރު ކުޑަވެ، ހަށިގަނޑު އަރާމުކޮށްލުމަށް އެހީތެރިވެދޭ “ޕެރާސިމްޕެތެޓިކް” ނިޒާމު ހީވާގިވެގެންދެއެވެ.

ސިއްޙީ މާހިރުން ފާހަގަކުރާ ގޮތުގައި، މިއީ ނިދިނައުމުގެ ބައްޔަށް ނުވަތަ އެނޫންވެސް ސިއްޙީ މައްސަލައަކަށް ދެވޭ ފަރުވާއެއް ނޫން ނަމަވެސް، ހަށިގަނޑު ހަމައަކަށް އެޅުވުމަށާއި ލޭދައުރުކުރުމަށް އެހީތެރިވުމަށްޓަކައި ފިޒިއޮތެރަޕީ އަދި ދުޅަހެޔޮކަމުގެ ދާއިރާގައި މިފަދަ އުކުޅުތައް ބޭނުންކުރެވެއެވެ.

ނިދުމުގެ އާދަތައް ރަނގަޅު ކުރުމާއެކު މިފަދަ ކަންކަން ކުރުމަށް މާހިރުން ލަފާދެއްވައެވެ. ނަމަވެސް، ދާއިމީކޮށް ނިދިނައުމުގެ މައްސަލަ ދިމާވާނަމަ ނުވަތަ އާދަޔާ ޚިލާފަށް ފައި ދުޅަވާނަމަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަކީ މުހިންމު ކަމެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top