ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފޮޓޯގެ ފަހަތުގައިވާ ވާހަކަ: 1971 ވަނަ އަހަރު ވ. ތިނަދޫގެ މަންޒަރެއް

މި ފޮޓޯގެ ފަހަތުގައިވާ ވާހަކައިން ދިވެހީންގެ އިހުގެ ދިރިއުޅުމާއި، އިޖްތިމާޢީ ގުޅުންތެރިކަމުގެ ވާހަކަތައް ބުނެދެއެވެ. އޭރުގެ ދިވެހީން ރަށުތެރެ ކުނިކަހާ ސާފުކޮށް ބެލެހެއްޓީ އަމިއްލަ ގޯތި ގެދޮރު ސާފުކޮށް ބަލަހައްްޓާ ބީދައިންނެވެ. އެއްވެސް އުޖޫރައެއް ނުލިބެއެވެ. ނަމަވެސް ރަށުގެ ސާފުތާހިރުކަމުން އެ ލިބޭ ހިތްހަމަޖެހުމަކީ ލިބޭ އުޖޫރައަކަށް ވުރެން މާ ފުރިހަމަ އުޖޫރައެއްކަމަށް އޭރުގެ ދިވެހީން ދެކެއެވެ.

މި ފޮޓޯއަކީ 1971 ވަނަ އަހަރު، ފެލިދޫ އަތޮޅު ތިނަދޫގައި ކުރިއަށްދިޔަ ރަށް ސާފުކުރުމުގެ ހަރަކާތެއްގެ މަންޒަރެކެވެ. ފޮޓޯ ނަގާފައިވަނީ ޗަކް ބޯޔަރ އެވެ. އެ ދުވަސްވަރު، އެ ރަށުގެ އަންހެނުންނާއި ކުޑަކުދިން އިސްނަގައިގެން ކަނޑައެޅިފައިވާ ދުވަސްދުވަހު މުޅި ރަށް އެއްކޮށް ސާފުތާހިރުކޮށް ބަލަހައްޓައެވެ.

ހާރވީ ތޯމަސް ފޭސްބްކްގައި ހިއްސާކޮށްފައިވާ ކުލަނޫން ފޮޓޯއަށް ބޭރު މީހަކު ކޮށްފައިވާ ކޮމެންޓަކުން ދިވެހީންނަށް ތަޢުރީފުކޮށްފައިވެއެވެ.

“ދިވެހިރާއްޖޭގެ އާދަކާދައިގެ ތެރޭގައި ހިމެނޭ މި ފުރިހަމަ ކަމަކީ އަންހެނުން ކޮންމެ ދުވަހަކުވެސް އެކަނބަލުން ދިރިއުޅޭ ސަރަހައްދުގެ މަގުތައް ކަހައި ސާފުކުރުމެވެ. މަގުމަތި ސާފުކޮށް ނިންމުމަށްފަހު، އެންމެން އެކުގައި މަޑުކޮށްލައި، ޚަބަރުތަކާއި ޚިޔާލު ބަދަލުކޮށް، ހީނސަމާސާކޮށް އުޅުމަކީ އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ، ފެންނަ ވަރަށް ރީތި އަދި ނަމޫނާ މަސައްކަތެކެވެ.” ރާއޯ ނަދީމް ޕައްލީ

ހާރވީ ތޯމަސްގެ ފޭސްބްކް ޕޭޖަކީ ދިވެހީންގެ އިހުގެ ގިނަގުނަ ފޮޓޯތަކާއި ވީޑިއޯ ހިމެނޭ ޕޭޖެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top