⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 5 މިނެޓް
⏱️ ކައްކަން ހޭދަވާނެ ވަގުތު: 10 މިނެޓް
⏱️ އިތުރު ވަގުތު: 15 މިނެޓް
⏱️ ޖުމްލަ ވަގުތު: 30 މިނެޓް
🍲 މިއީ 1 މީހަކަށް ބޭނުންވާނެ މިންވަރެވެ.
ބޭނުންވާ ތަކެތި:
އޯޓްސް ކްރަމްބަލް ތައްޔާރުކުރުމަށް:
🍳 2 ސައިސަމުސާ އޮލިވް އޮއިލް (ދެބަޔަށް ބަހާލެވިފައި)
🍳 ¼ ޖޯޑު މާމުއި
🍳 ½ ސައިސަމުސާ ވެނީލާ އެސެންސް
🍳 ¼ ސައިސަމުސާ ފޮނިތޮށި ކުނޑި
🍳 1/8 ސައިސަމުސާ ނަޓްމެގް ކުނޑި
🍳 1/8 ސައިސަމުސާ އަލްމަންޑް އެސެންސް
🍳 ކުޑަ ލޮނުކޮޅެއް
🍳 1 ޖޯޑު ރޯލްޑް އޯޓްސް
ޔޯގަޓް ބޯލް ތައްޔާރުކުރުމަށް:
🍳 1 ޖޯޑު ހޯލް މިލްކް ގްރީކް ޔޯގަޓް
🍳 1 އޮރެންޖު (މަށާލުމަށްފަހު ފޮތިކޮށްފައި)
🍳 1 ސައިސަމުސާ ޕިސްޓާޝިއޯ (ކުދިކޮށް ކޮށާފައި)
🍳 1 ސައިސަމުސާ މިނީ ޗޮކްލެޓް ޗިޕްސް
🍳 ކުޑަ މާމުއިކޮޅެއް (މައްޗަށް އަޅާލުމަށް)
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – އޯޓްސް ކްރަމްބަލް ތައްޔާރުކުރުން: ބޯތަށްޓެއްގެ ތެރެއަށް 1 ސައިސަމުސާ އޮލިވް އޮއިލް، މާމުއި، ވެނީލާ، ފޮނިތޮށި ކުނޑި، ނަޓްމެގް، އަލްމަންޑް އެސެންސް އަދި ލޮނުކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
2 – ތަވައަކަށް ބާކީ ހުރި 1 ސައިސަމުސާ އޮލިވް އޮއިލް އެޅުމަށްފަހު މަޑު ގިނީގައި ހޫނުކުރާށެވެ. އެއަށްފަހު އޯޓްސްކޮޅު އަޅައި، މުށިކުލަ އަރަންދެން 5 ނުވަތަ 7 މިނެޓު ވަންދެން ހަލަމުން ކައްކާށެވެ.
3 – ކުރިން ތައްޔާރުކުރި މާމުއި މިކްސްޗަރު އޯޓްސްގެ ތެރެއަށް އަޅައި، ރަނގަޅަށް އެއްކޮށްލުމަށްފަހު ގިނި މަޑުކޮށްލާށެވެ. ރަން މުށިކުލަ އަރަންދެން އިތުރު 3 ނުވަތަ 5 މިނެޓު ވަންދެން ހަލަމުން ކައްކާށެވެ.
4 – ކައްކާ ނިމުމުން އޯޓްސްތައް ތަށްޓަކަށް އޮއްސާލައި، ފިނިވަންދެން ބަހައްޓާށެވެ. ފިނިވުމުން އޯޓްސްތައް ހަރުވާނެއެވެ.
5 – ބޯތަށްޓަކަށް ގްރީކް ޔޯގަޓް އެޅުމަށްފަހު، އޭގެ މަތީގައި އޮރެންޖު ފޮތިތަކާއި، ޕިސްޓާޝިއޯ އަދި ޗޮކްލެޓް ޗިޕްސް އަތުރާލާށެވެ. ކުރިން ތައްޔާރުކުރި އޯޓްސް ކްރަމްބަލް ކުދިކޮށްލުމަށްފަހު ބޭނުންވާ މިންވަރަކަށް މައްޗަށް ބުރުވާލާށެވެ.
6 – ރަހަ ހެޔޮވަރުކޮށްލުމަށް މަތިން ކުޑަ މާމުއިކޮޅެއް އަޅާލާށެވެ. މިއީ ތައްޔާރުކުރާ ގޮތަށް ކެއުމަށް ވަރަށް މީރު އެއްޗެކެވެ. އިތުރަށް ހުންނަ އޯޓްސް ކްރަމްބަލް ވައި ނުވަންނަ ފުޅިއެއްގައި ނުވަތަ ތަށްޓެއްގައި ރައްކާކުރެވިދާނެއެވެ.
އިތުރު އިރުޝާދެއް:
މި ރެސިޕީ އިތުރަށް ފުރިހަމަކުރުމަށް އަލްމަންޑް ބަޓަރުވެސް ބޭނުންކުރެވިދާނެއެވެ. އަލްމަންޑް ބަޓަރު ޔޯގަޓާ އެއްކޮށްލެވިދާނެއެވެ. ނުވަތަ ކެއުމުގެ ކުރިން މައްޗަށް އަޅާލެވިދާނެއެވެ.
