ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވޯލްޑް ކަޕްގެ ނިންމުމުގެ ރަސްމިއްޔާތުގައި ޓޮމް ކްރޫޒް އާއި މަޝްހޫރު އެތައް ތަރިންނެއް ފެނިގެންދާނެ

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގެ ކުރިން ބާއްވާ ނިންމުމުގެ ރަސްމިއްޔާތުގައި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް، ޕޮޕް ލަވަކިޔުންތެރިޔާ ރޮބީ ވިލިއަމްސް އަދި އެމެރިކާގެ ލަވަކިޔުންތެރިޔާ ޖެނިފާ ހަޑްސަން ފަދަ ދުނިޔޭގެ ފެންވަރުގެ ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

މި ހަރަކާތް އޮންނާނީ އަންނަ އާދީއްތަ ދުވަހު، ފައިނަލް މެޗު ފެށުމުގެ 90 މިނެޓު ކުރިން ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައެވެ.

މި ރަސްމިއްޔާތުގައި ޕުސީކެޓް ޑޯލްސްގެ ލަވަކިޔުންތެރިޔާ ނިކޯލް ޝާޒިންގާ، އިޓަލީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލައުރާ ޕައުސީނީ އަދި ސްޓްރީމަރު އައިޝޯސްޕީޑްގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ. އަދި ޖެނިފާ ހަޑްސަން އެމެރިކާގެ ގައުމީ ސަލާމް ހުށަހަޅައިދޭއިރު، “މިޝަން އިމްޕޮސިބަލް” ގެ ތަރި ޓޮމް ކްރޫޒްގެ ހާއްސަ ފެނިލުމެއް ވެސް މި ރަސްމިއްޔާތުން ފެންނާނެއެވެ.

ފީފާ 2026 ގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ހައިމޯ ޝިރްގީ ވިދާޅުވި ގޮތުގައި، ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ބޭއްވި ކުލަގަދަ ފެށުމުގެ ރަސްމިއްޔާތުތަކެކޭ އެއްފަދައިން، ނިންމުމުގެ ރަސްމިއްޔާތަކީ ވެސް މިއުޒިކާއި ސަގާފަތާއި ފުޓްބޯޅަ ގުޅުވައިލަދޭނެ ފުރިހަމަ ހަރަކާތަކަށް ވާނެއެވެ. އަދި މިއީ މި ތާރީޚީ މުބާރާތުގެ ޗެމްޕިއަނުން ހޮވާ ފައިނަލް މެޗުގެ ކުރިން ބާއްވާ ވަރަށް ހާއްސަ ހަރަކާތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އަލަށް ތައާރަފުކުރާ “ހާފް-ޓައިމް ޝޯ” ވެސް މި ރަސްމިއްޔާތުގެ ބައެއްގެ ގޮތުގައި ކުރިއަށްދާނެއެވެ. މި ޝޯގައި މެޑޯނާ، ޝަކީރާ، ޖަސްޓިން ބީބަރ، ބާނާ ބޯއި އަދި ދެކުނު ކޮރެއާގެ މަޝްހޫރު ބޭންޑް ބީޓީއެސްގެ ފޯރިގަދަ ހުށަހެޅުންތަކެއް ފެންނާނެއެވެ.

ކޯލްޑްޕްލޭ ބޭންޑްގެ ލީޑް ސިންގަރ ކްރިސް މާޓިން އިސްވެ ހުރެ ތައްޔާރުކުރާ މި ހުށަހެޅުންތަކަކީ އެމެރިކާގެ ކުޅިވަރުގެ މައިދާނުގައި، ހާއްސަކޮށް ސުޕަ ބޯލް ފަދަ މުބާރާތްތަކުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހަރަކާތްތަކެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top