އިނގިރޭސި ނަން: ސިލްވަރސްޓްރައިޕް ޕަފަރފިޝް (Silverstripe pufferfish)
އާއިލާ: ޓެޓްރައޮޑޮންޓިޑޭ (TETRAODONTIDAE)
ދިވެހި ނަން: ގިއުޅު ކޮލި
ގިންތި: ޓެޓްރައޮޑޮންޓިފޯމްސް (Tetraodontiformes)
ބޮޑުމިން: އެންމެ ބޮޑުވަނީ 85 ސެންޓިމީޓަރަށް
ނަމޫނާ: MRS/P0484/97
@muniavas Giulhu Koli – Masmahaamehi #fishesoftheMaldives #giulhukoli #Silverstripepufferfish #muniavasnews #muniavascreation #foryoupage #fvpシ💕foryou #Masmahaamehi ♬ original sound – MUNIAVAS
ހަށިގަނޑުގެ ސިފަތައް:
މިމަހުގެ ބުރަކަށިމަތީ ކޮތަރީގައި 10 އާއި 12 އާ ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި 8 އާއި 11 އާ ދެމެދު، އަދި އަރިމަތީ ފަރާތުގައި 15 އާއި 18 އާ ދެމެދުގެ އަދަދަކަށް ކަށި ހުރެއެވެ. މަހުގެ ހަށިގަނޑު ހުންނަނީ ހުރަހަށް ހަތަރެސްކަންވާ ގޮތަކަށެވެ. މަހުގެ ނިގޫކޮޅު ހިމަވެފައި ބޯކޮޅަށް ފުޅާވާނެއެވެ. ބުރަކަށިމަތީގައި ހުންނަ ކުދިކަށިތައް ބުރަކަށިމަތީ ކޮތަރިން ފެށިގެން ނިގުލާ ހަމައަށް ފެތުރިފައި ހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ހަނދުފަޅި ބުރަޔަށެވެ.
ކުލަވަރު:
މަހުގެ ބުރަކަށިމަތީ ފަރާތް ހުންނަނީ ފެހިކުލައެއްގައެވެ. އަދި އޭގައި ގަދަ މުށި ނުވަތަ ކަޅުކުލައިގެ ތިކިތަކެއް ޖަހާފައި ހުރެއެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދުކުލައިގައެވެ. މަހުގެ އަނގައިން ފެށިގެން ނިގުލާ ހަމައަށް މަހުގެ ދެއަރިމަތީގައި ރިހި ކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. ލޮލުގެ ކުރީގައި ރިހި ކުލައިގެ ލަފެއް ހުރެއެވެ.
އުޅޭ މާހައުލާއި ބަޔޮލޮޖީ:
މިއީ އާންމުކޮށް ކަނޑުގެ މަތީ ފަށަލައިގައި (Pelagic) އުޅޭ މަހެކެވެ. ނަމަވެސް ބައެއް ފަހަރު ފަރުފަޅުތަކާ ގާތަށް ވެސް މިމަސް އާދެއެވެ.
ފެންނަ ސަރަހައްދު:
އިންޑޯ-ވެސްޓް ޕެސިފިކް ކަނޑުގެ ސަރަހައްދުތަކުން މިމަސް ފެނެއެވެ. މަދުމަދުން އަތޮޅުން ބޭރު މާކަނޑުތަކުގައެވެ. ނަމަވެސް އާންމުކޮށް ފަރުތަކުގެ ކައިރިއަށް އައިސް އުޅެއެވެ.
އިތުރު ފާހަގަކޮށްލެވޭ ކަންތައްތައް:
‘ލަގޯސެފަލަސް ސްކެލެރަޓަސް’ (Lagocephalus sceleratus) އަކީ ކޮލީގެ އާއިލާގައި ހިމެނޭ އެންމެ ބޮޑެތި ބާވަތްތަކުގެ ތެރެއިން މަހެކެވެ. މިއީ ރާއްޖޭގައި އެހާ އާންމުކޮށް ފެންނަ މަހެއް ނޫނެވެ. ކުރިން މިމަސް ގިންތިކުރެވިފައިވަނީ ‘ލަގޯސެފަލިޑޭ’ (Lagocephalidae) އާއިލާގައެވެ.
މިއީ އިންތިހާއަށް ވިހަގަދަ މަހެކެވެ. ކޮލީގެ ގިނަ ބާވަތްތަކުގެ (ނުވަތަ ހުރިހާ ބާވަތެއްގެ) ހަމާއި، މޭގަނޑު އަދި ހާއްސަކޮށް އަންހެން މަހުގެ ބިސްގަނޑުގައި ‘ޓެޓްރޯޑޮޓޮކްސިން’ (tetrodotoxin) ކިޔާ ނުރައްކާތެރި ވިހައެއް އެކުލެވިގެންވެއެވެ.
