އޮނަވިހި ސަތޭކަ އަށްޑިހަ ދޭއް (1982) ގައި ޓެލެވިޛަން މޯލްޑިވްސް އިން އުފައްދާފައިވާ ފިލްމު “އޯކިޑް އޭނާގެ މާ” ގެ ރިމޭކެއް ހެދުމުގެ މަސައްކަތް ފިލްމުގެ ބަޠަލް ބައި ކުޅުނު މުޙައްމަދު ރަޝީދު (ދަރާ) ގެ ޕްރޮޑަކްޝަން ހައުސް އިން ފަށައިފި އެވެ.
‘ދަރާ ޕްރޮޑަކްޝަން’ އިން ރަސްމީ ސިފައެއްގައި މީޑިއާއާއި ފިލްމާއިބެހޭ މަޢުލޫމާތު ހިއްސާ ކޮށްފައި ނުވިޔަސް ޖުލައި 05 ގައި ވަނީ “އޯކިޑް އޭނާގެ މާ” ފޭސްބްކް ޕޭޖަށް ފިލްމުގެ ޕޯސްޓަރެއް ލާފައެވެ.
މުނިއަވަސް އަށް ނުރަސްމީ ސިފައެއްގައި މަޢޫލޫމާތު ލިބިފައިވާގޮތުން “އޯކިޑް އޭނާގެ މާ” ގެ ރިމޭކެއް ހަދަނީ ވާހަކައިގެ އަސްލު ނުގެއްލޭ ގޮތަށް މި ޒަމާނާ އެއްގޮތަށް ވާހަކަ ބަދަލުކޮށް ޒުވާން ކާސްޓެއް ހިމަނައިގެންނެވެ. އެގޮތުން ފިލްމަށް ބޭނުންވާ ބައެއް ކާސްޓުން މިހާރު ހަމަޖެހިފައި ވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
“އޯކިޑް އޭނާގެ މާ” ގެ ސްކްރީންޕްލޭ ލިޔަނީ އަސަރުގަދަ ލޯބީގެ ވާހަކަ ލިޔުމަށް މަޝްހޫރު ވާހަކަލިޔުންތެރިޔާ ފާތުމަތު ނީނާ (ލާރާ) އެވެ. ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރަނީ މުޙައްމަދު ރަޝީދު (ދަރާ) އެވެ.
“އޯކިޑް އޭނާގެ މާ” ގެ އޮރިޖިނަލް ވާހަކަ އާއި ސްކްރީންޕްލޭ ލިޔުއްވާފައިވާ ވަނީ އަލްފާޟިލް ޙުސައިން ޝިހާބް އެވެ. “އޯކިޑް އޭނާގެ މާ” އަކީ ރޭޑިއޯ ޑްރާމާ އެއް އުފެއްދުމަށް ޙުސައިން ޝިހާބް ލިޔުއްވި ވާހަކަ އެކެވެ. ނަމަވެސް ފަހުން ފިލްމު އުފެއްދުމަށް ޙުސައިން ޝިހާބް އެ ވާހަކަ އަލުން ބައްޓަން ކުރެއްވި އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2024ޚަބަރުޝޫޓިން ފެށުމަށް ފަހު 45 ވަރަކަށް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ – ނަހޫ
- 19 އޭޕްރިލް 2024ޚަބަރުއަނެއްކާވެސް ނަހޫ “ސޮރީ” ބުނެފި
- 13 އޭޕްރިލް 2024ޚަބަރު“ލަސްވިޔަސް” ފިލްމުގެ ޕްރިމިއާއާއެކު ލަހެއްނުވެ ތަޢުރީފު އޮހެން ފަށައިފި
- 11 އޭޕްރިލް 2024ޚަބަރުފިލްމު ހުރަސްގެ ބަޠަލާ މަރިޔަމް ރަޝީދާ ނިޔާވެއްޖެ