ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގެއްލިގެން ހޯދަމުން ދިޔަ މަސްވެރިޔާ ފެނިއްޖެ

މިއަދުގެ ވަގުތެއްގައި ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް “ބަހުރު” ނަމަކަށް ކިޔާ މަސްދޯންޏަކުން ގެއްލުން މަސްވެރިޔާ ހޯދަމުން ދަނިކޮށް ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ ފެނިއްޖެއެވެ. އެމީހާ ފެނިފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އެކަމުގައި އެހީތެރިވަމުން ދިޔަ ޑިންގީ އަކަށެވެ.

މި މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 04:05 ހާއިރުއެވެ. ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށިއެވެ.

ގެއްލުނު މީހާ ފެނިފައިވަނީ މިއަދު ހެނދުނު 05:55 ހާއިރުއެވެ.

އޭނާއަށް އަވަސް ޞިއްޙީ ފަރުވާ ދިނުމަށްޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ޞިއްޙީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. އަދި ފަރުވާ ދިނުމަށްފަހު އޭނަގެ ހާލު ރަނގަޅުކަމަށް ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދެއްވިއެވެ.

މި މީހާ ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އުޅަނދުފަހަރުގެ އިތުރުން، އެ ސަރަޙައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުތަކުން ދެއްވި ފުރިހަމަ އެއްބާރުލުން ފާހަގަކޮށް އެމްއެންޑީއެފުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top