މަސްގަންނަ ދެ ކުންފުންޏަކާއި މެދު ފިޔަވަޅުއަޅައިފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެންޑް އެގްރިކަލްޗަރ އާއި އެކު ވެފައިވާއި އެއްބަސްވުމާއި ޚިލާފުވެގެން ފިޔަވަޅު އަޅާފައިވަނީ އައިލެންޑް އެންޓަޕްރައިޒަސް ޕްރައިވެޓްް ލިމިޓެޑާއި އަދި އީކޯ ފިޝަރީޒް އިންޓަރނޭނަޝަނަލް ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީއާއި މެދުގައ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒްއިން މަޢުލޫމާތު ދެއްވައެވެ.
ކަޅުބިލަމަހުގެ ސިނާޢަތު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ، ޕްރޮސެސްކޮށް، އެކްސްޕޯޓްކުރުމަށް މިނިސްޓްރީއާއިއެކު ވެފައިވާ އެއްބަސްވުމާއި ޚިލާފުވެފައި ވާތީ “އެއްބަސްވުމާއި ޚިލާފުވުމުގެ ނޯޓިސް” ވަނީ އެދެ ފަރާތަށް މިއަދު ދީފައެވެ.
ހަމައެހެންމެ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރުމަށްޓަކައި، 30 ދުވަހުގެ ނޯޓިސް ދީ އެމުއްދަތުގެ ތެރޭގައި ވަރކްޕްލޭންގައިވާ ކަންކަން ފުރިހަމަކުރުމަށްވެސް އަންގާފއިވާކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއްދަވެއެވެ.
