ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޗެމްޕިއަން ކާލާމަންނަ، ޑެމިއޯ، ބޮއިލިންގ ހެޑް ސެމީ ފައިނަލަށް
ފޮޓޯ: މަހިބަދޫ ޔޫތު ވޮލީބޯލް ފޭސްބުކް ޕޭޖް

އދ. މަހިބަދޫގައި މިހާރު ކުރިޔަށްދާ “މަހިބަދޫ ތާރޑް ޔޫތު ވޮލީބޯލް ކަޕް 2026” ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލުން ތިން ޓީމެއް ޖާގަ ހޯދައިފިއެވެ. ގުރޫޕް ސްޓޭޖްގެ މެޗުތައް ނިމުމަކާއި ހަމައަށް އައިސްފައިވާއިރު، ސެމީ ފައިނަލުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ ގުރޫޕް އޭ އިން އެއްވަނަ ހޯދާފައިވާ އެންމެ ފަހުގެ ޗެމްޕިއަން ކާލާމަންނަ އާއި ގުރޫޕް ބީގެ އެއްވަނައަށް ވާދަކުރާ ޑެމިއޯ އާއި ބޮއިލިންގ ހެޑް އެވެ.

މި ޓީމުތައް ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ގޮތަށް ބަލާލާއިރު، ކާލާމަންނަ ގުރޫޕް ސްޓޭޖްގައި ކުޅެން ޖެހޭ ތިން މެޗު ވަނީ ނިމިފައެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއިއެކު 3 ސެޓް 0 ސެޓުން ލަވާސް ބަލިކުރިއިރު، ދެވަނަ މެޗުގައި ހަމަ އެ ނަތީޖާއިން ހިޓް ހެޑް ވެސް ބަލިކުރިއެވެ. އެ ޓީމުގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ލިލީ ބީޗް ރިސޯޓާއެވެ. 3 ސެޓް 0 ސެޓުން މި މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނަ ކަލާމަންނަ ޔަގީން ކުރިއިރު، މި ގުރޫޕް ދެވަނަ ލިބޭ ޓީމެއް އަދި ޔަގީން ނުވެއެވެ. މި ގުރޫޕްގެ ފަހު މެޗުގައި މިރޭ ބައްދަލުކުރާނީ ލަވާސް އާއި ހިޓް ހެޑްއެވެ. ގުރޫޕްގެ ދެވަނަ މަގާމަށް ހިޓް ހެޑް އާއި ލިލީ ބީޗް ވާދަކުރާއިރު، އެ ފުރުސަތު ލަވާސް އަށް ވެސް އަދި ނުގެއްލެއެވެ.

ގުރޫޕް ބީ އިން ޑެމިއޯ އާއި ބޮއިންލިންގެ ހެޑް ސެމީ ފައިނަލްގެ ޖާގަ ޔަގީން ކުރިއިރު، މި ގުރޫޕްގެ ފަހު މެޗު އޮންނާނީ މާދަމާ ރެއެވެ. މި މެޗުގައި ބައްދަލު ކުރާނީ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޑެމިއޯ އާއި ބޮއިންލިންގެ ހެޑް އެވެ. މި ގުރޫޕްގައި ދެން ހިމެނޭ ކޮންޑިން ކުޅުނު ދެ މެޗުން ބަލިވެ ސެމީ ފައިނަލްގެ ފުރުސަތު ގެއްލިފައިވާއިރު، މާދަމާ ރޭގެ މެޗުން މޮޅުވާ ޓީމަކަށް ގުރޫޕްގެ އެއްވަނަ ލިބޭނެ އެވެ.
މި ގުރޫޕްގެ ދެ މެޗު މިހާތަނަށް ކުޅެފައިވާއިރު، ދެ ޓީމު ވެސް މޮޅުވެފައިވަނީ ކޮންޑިން އާ ވާދަކޮށް 3 ސެޓް 0 ސެޓުންނެވެ.

މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަށް ބަލާލާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ލަވާސް އާއި ހިޓް ހެޑް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ޑެމިއޯ އާއި ބޮއިލިންގް ހެޑް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top