މިއީ ރާއްޖެއިން ލިބެން ހުންނަ ބާވަތްތަކަށް ބިނާކޮށް 7 ދުވަހުގެ ތެރޭގައި ބަނޑުގެ ސަރުބީ ވިރުވައިލުމަށާއި ބަނޑުގެ މަސްތައް ވަރުގަދަކުރުމަށް ތައްޔާރުކުރެވިފައިވާ ކާނާގެ ޕްލޭނެކެވެ.
އާންމުކޮށް ސަމާލުކަންދޭންޖެހޭ ކަންތައްތައް:
🥦 ފެން ބުއިން: ދުވާލަކު މަދުވެގެން 2.5 އާއި 3 ލިޓަރާ ދެމެދުގެ މިންވަރަކަށް ފެން ބުއިން އާދަކުރާށެވެ.
🥦 ދުރުހެލިވާންޖެހޭ ތަކެތި: ހަކުރު އަޅާފައި ހުންނަ ބާވަތްތަކާއި، ތެލުލި ހެދިކާއާއި، ފޮނި ބުއިންތައް ބޭނުންކުރުން މުޅިން ހުއްޓާލާށެވެ.
🥦 ކާނާގެ މިންވަރު: ހަށިގަނޑުގެ މެޓަބޮލިޒަމް ހަލުވިކުރުމަށްޓަކައި، ޕްރޮޓީން އަދި ފައިބަރ ގިނަ ކާނާ ބޭނުންކުރުމަށް އިސްކަންދޭށެވެ.

ބަނޑުގެ މަސްތަށް ވިރުވައިލުމަށް ބޭނުންކުރެވިދާނެ އެއް ހަފުތާގެ ޑައިޓް ޕްލޭނެއް / މުނިއަވަސް ގްރެފިކްސް
އެއް ހަފުތާގެ ކެއުމުގެ ތާވަލު:
1 ވަނަ ދުވަސް:
⏱️ ހެނދުނުގެ ނާސްތާ: ތަށްޓަކަށް މޭޒުމަތީ ސަމުސަލުގެ 3 ސަމުސާ އޯޓްސް އަޅައި، އެއަށް ލޯ ފެޓް މިލްކު އަޅައި އެއްކޮށްލުމަށް ފަހު ބަހައްޓާށެވެ. ހެނދުނު ހުސްބަނޑާ ހުރެ ހޫނު ފެންތަށްޓެއް ބުއިމަށްފަހު، ތައްޔާރުކުރި އޯޓްސް ތަށްޓަށް 10 ވަރަކަށް އާމަންޑް ނުވަތަ ކަޖޫނަޓު ކޮށާލާށެވެ. އޭގެ ތެރެއަށް ފޮނިރަހަލާ ވަރަށް މާމުއި އަޅައި، ދޮންކޮެޔޮ ވަކެއް ކޮށާލުމަށްފަހު ރަނގަޅަށް އެއްކޮށްލައިގެން ކާށެވެ. ތަންކޮޅެއް ހިކި ނަމަ އިތުރު ކިރު ފޮދެއް އަޅައިގެން ކާށެވެ.
⏱️ މެންދުރުގެ ކެއުން: ފިހުނު ކަނޑުމަހާއެކު ކޮޕީފަތް ސަލަޑް އަދި ކުޑަ ބްރައުން ރައިސް ކޮޅެއް.
⏱️ ރޭގަނޑުގެ ކެއުން: ކެރެޓް އަދި ކެބެޖް ފަދަ ތަރުކާރީ އަޅައިގެން ކައްކާފައިވާ ސޫޕް ތަށްޓެއް.
2 ވަނަ ދުވަސް:
⏱️ ހެނދުނުގެ ނާސްތާ: އާޓާ ފުށުން ތައްޔާރުކޮށްފައިވާ ދެ ރޮއްޓާއި، ކާށި މަދުކޮށް ފަތް ގިނަކޮށްފައިވާ މަސްހުނި ކޮޅެއް.
⏱️ މެންދުރުގެ ކެއުން: ރާއްޖޭގެ ހަވާދު ބޭނުންކޮށްގެން ފިހެފައިވާ ފަރުމަހާއި، ބަރަބޯ އަދި ތޮޅިކޮޅެއް މަޑުކޮށްގެން ކާށެވެ.
⏱️ ރޭގަނޑުގެ ކެއުން: ފިހުނު ކުކުޅު (ޗިކަން ބްރެސްޓް) އަދި ތަރުކާރީ ސަލަޑް.
3 ވަނަ ދުވަސް:
⏱️ ހެނދުނުގެ ނާސްތާ: ފެނުކެއްކި ދެ ބިހާއި ތާޒާ ފަޅޯ ފޮއްޗެއް.
⏱️ މެންދުރުގެ ކެއުން: ކުޑަ ބްރައުން ރައިސް ކޮޅަކާއެކު ގަރުދިޔަ، ލިނބޯ އަދި ފެނުކެއްކި މުރަންގަފަތް.
⏱️ ރޭގަނޑުގެ ކެއުން: ތަވާއެއްގައި ފިހެފައިވާ މަސްކޮޅަކާއި، ބޮނޑިކޮޕީ ފަތް އަދި ކެރެޓް.
4 ވަނަ ދުވަސް:
⏱️ ހެނދުނުގެ ނާސްތާ: ކުރުނބާ ފެނާއި، ފަތްޕިލާވެލި އަދި ދޮންކޭލުން ތައްޔާރުކޮށްފައިވާ ފައިދާހުރި ސްމޫތީއެއް.
⏱️ މެންދުރުގެ ކެއުން:: ކުކުޅު ނުވަތަ މަހާއެކު މިރުހާއި ފިޔާ އަޅައިގެން ތައްޔާރުކޮށްފައިވާ “ސްޓަޔަރ-ފްރައި”.
⏱️ ރޭގަނޑުގެ ކެއުން: މުގު ރިހަ އާއި ފިހުނު ހުދު މަސް (ވައިޓް ފިޝް).
5 ވަނަ ދުވަސް:
⏱️ ހެނދުނުގެ ނާސްތާ: ގޮދަން ޕާން ފޮއްޗެއްގެ މަތީގައި ފެނުކެއްކި ބިހާއި ޓޮމާޓޯ.
⏱️ މެންދުރުގެ ކެއުން: ތާޒާ މަސް ސަލަޑް (ލިނބޯ އަދި ފިޔާ އަޅައިގެން، މެޔޮނައިސް ނުލައި) ކިއުކަމްބާ އާއި ފަތާއެކު.
⏱️ ރޭގަނޑުގެ ކެއުން: ފިހުނު ފަރުމަހާއި ފިހުނު ކައްޓަލަ (ސްވީޓް ޕޮޓޭޓޯ).
6 ވަނަ ދުވަސް:
⏱️ ހެނދުނުގެ ނާސްތާ: ފަޅޯ، ފޭރު އަދި ކަދުރު ހިމެނޭ މޭވާ ތަށްޓެއް.
⏱️ މެންދުރުގެ ކެއުން: ކުޑަ ބްރައުން ރައިސް ކޮޅަކާއި، ފިހުނު މަސް އަދި ގިނަ މިންވަރަކަށް ފަތު ސަޓަނި.
⏱️ ރޭގަނޑުގެ ކެއުން: ތަރުކާރީ އާއި މަސް އަޅައިގެން ތައްޔާރުކޮށްފައިވާ ލުއި ސޫޕެއް.
7 ވަނަ ދުވަސް:
⏱️ ހެނދުނުގެ ނާސްތާ: ބިހުގެ ހުދުބައިން ތައްޔާރުކޮށްފައިވާ ބިސްގަނޑެއް (ފިޔާ، ޓޮމާޓޯ އަދި ލޮނު ނުލައި).
⏱️ މެންދުރުގެ ކެއުން: ފިހުނު ކުކުޅު ނުވަތަ މަސް އަދި ފެނުކެއްކި ފެހި ތަރުކާރީ.
⏱️ ރޭގަނޑުގެ ކެއުން: ލުއި ސޫޕެއް ނުވަތަ ޕްރޮޓީން ގިނަ ސަލަޑެއް.
އިރުޝާދު:
އެންމެ އެދެވޭ ނަތީޖާއެއް ހޯދުމަށްޓަކައި، މި ކާނާގެ ނިޒާމާއެކު ކޮންމެ ދުވަހަކު މަދުވެގެން 30 މިނެޓުގެ ހަރަކާތްތެރިކަމެއް (މިސާލަކަށް ބާރަށް ހިނގުން، 45 ވަރަކަށް މިނެޓް ފަތާލުން ނުވަތަ ބަނޑުގެ މަސްތަކަށް އަމާޒުކޮށްގެން ކުރާ ކަސްރަތު) ކުރިއަށް ގެންދާށެވެ. އަދި ކެއުން ރަނގަޅަށް ހަޖަމުކުރުމަށާއި ސަރުބީ ވިރުވުމަށް އެހީތެރިވުމުގެ ގޮތުން، ރޭގަނޑުގެ ފަހު ކެއުން ނިދުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިން ބޭނުންކުރުމަށް ސަމާލުކަން ދޭށެވެ.
