ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސެކްޓާ ލީގު މިރޭ ފަށަނީ
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

ފުޓްސަލްގެ އެންމެ ގިނަ މުބާރާތް ރާއްޖޭގައި ބާއްވާ ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ހަތް މުބާރާތުގެ ތެރޭގައި ހިމެނޭ އެންމެ ފަހު މުބާރާތް ކަމުގައިވާ ސެކްޓާ ލީގު މިރޭ ފަށާނެއެވެ. ކުލަބް މޯލްޑިވްސްއިން މި އަހަރުގެ މިހާތަނަށް ހަ މުބާރާތެއް ނިންމާފައިވާއިރު، އެ މުބާރާތްތަކަކީ ކިޑްސަލް، ކިންގްސް ކަޕް، އެއިޓީން ތާރޓީ، އެއިޓީން ތާރޓީ ކުލެސިކް، ކުލަބް މޯލްޑިވްސް ކަޕް އަދި ކުލަބް މޯލްޑިވްސް ކުލެސިކް އެވެ.

ކިޑްސެލް މުބާރާތުގެ ޗެމްޕިއަންކަން އެސްޕަޔާ އެކަޑަމީ ހޯދިއިރު، ކިންގްސް ކަޕް ޗެމްޕިއަން އަކީ ސްޓެލްކޯ އެވެ. އެއިޓީން ތާރޓީ ޗެމްޕިއަންކަން ވެމްކޯ ހޯދިއިރު، އެއިޓީން ތާރޓީ ކުލެސިކް ޗެމްޕިއަން އަކީ އެޗްޑީސީ އެވެ. ކުލަބް މޯލްޑިވްސް ކަޕް ޗެމްޕިއަންކަން އާރުއާރުސީ ހޯދިއިރު، ކުލަބް މޯލްޑިވްސް ކުލެސިކް ޗެމްޕިއަންއަކީ ކުލަބް ބިނާރާ އެވެ.

އަމިއްލަ ކުންފުނިތަކާއި، ތަފާތު ސެކްޓާތަކަށް ޚާއްސަކޮށްގެން ކުލަބް މޯލްޑިވްސްއިން ފެށި މި މުބާރާތަކީ ކޯޕަރޭޓް ދާއިރާގައި ފުޓްސަލްގެ ރޫޙު އާލާކޮށް، ގުޅުން ބަދަހިކުރުމުގެ މަޤުސަދުގައި ފެށި މުބާރާތެކެވެ. މިދިޔަ އަހަރު ފެށި މި މުބާރާތުގައި އެ އަހަރު ފަނަރަ ޓީމު ބައިވެރިވެފައި ވާއިރު، މިއަހަރުގެ މުބާރާތުގައި ވިހި ޓީމު ވަނީ ބައިވެރިވެފައެވެ.

ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި ބައިވެރިވެފައިވާ 20 ޓީމު ފަސް ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕްތަކުގައި ޓީމުތައް ހިމެނިފައިވާގޮތަށް ބަލާލާއިރު ގުރޫޕް އޭގައި ހިމެނެނީ އެމްއައިބީ، ވެލިގާ، އެމްއޭޑަބްލިޔޫސީ އަދި ބިއޮންޑް އެވެ. ގުރޫޕް ބީގައި ހިމެނެނީ ހޯކްސް، އެމްއާރުސީ، ލޯކަލްޗާ އަދި ހެޕީ މާރކެޓް އެވެ. ގްރޫޕް ސީގައި ހިމެނެނީ ބަރޮސް މޯލްޑިވްސް، އެސްބީއައި، ލިއޯ އެފްސީ އަދި އެޕޯލޯ އެވެ. ގުރޫޕް ޑީގައި ހިމެނެނީ އާރުއޯއެލް، ސިލްވަރ ސޭންޑްސް، ޔޫރޯ މާކެޓް އަދި އެރީނާ އެވެ. ގްރޫޕް އީގައި ހިމެނެނީ މެޑްޓެކް، ވިލާ، މީޑިއާނެޓް އަދި އާރުސީސީ އެވެ.

މިވެސް ކިޔާލަން:  ރިސޯޓެއްގައި މީހެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފި

މުބާރާތް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، ހަތަރު މެޗެއް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގައި ހިމެނޭ އެމްއައިބީ އާއި އެމްއޭޑަބްލިޔޫސީ އެވެ. އެގަޑީ ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީގައި ހިމެނޭ ހޯކްސް އާއި ލޯކަލްޗާ އެވެ. 21:45 ގައި ތިންވަނަ މެޗާއި ހަތަރުވަނަ މެޗު ފެށުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގައި ހިމެނޭ ކުލަބް ވެލިގާ އާއި ބިއޮންޑް އެވެ. ހަތަރުވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީގައި ހިމެނޭ ހެޕީ މާރކެޓާއި އެމްއާރުސީ އެވެ.

މި މުބާރާތުގެ ފުރަތަމަ އަހަރުގެ ޗެމްޕިއަންއަކީ މާފުށީ އެރީނާ ހޮޓެލްސް އެވެ. ދެވަނަ ޓީމަކީ ހޯކްސް އެވެ.

މިއަހަރުގެ މުބާރާތުގައި، ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންނާއި ރާއްޖޭން ބޭރުގެ މޮޅު ކުޅުންތެރިން ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top