ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޤުދުރަތީ ވަސީލަތްތަކުން ސިޓީތައް ފިނިކުރެވޭނެކަން ސާބިތުކޮށްދީފި
ފޮޓޯ: ހެލްތީ މައިންޑްސް

ދުނިޔެ ހޫނުވުމުގެ މައްސަލަ ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، ކޮލަމްބިއާގެ މެޑެލިން ސިޓީން ވަނީ ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ސިޓީތަކުގެ މާހައުލަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެކަން މުޅި ދުނިޔެއަށް ދައްކައިދީފައެވެ. އެ ސިޓީން ކުރިއަށްގެންދާ “ގްރީން ކޮރިޑޯސް” (ފެހި މަގުތައް) މަޝްރޫޢުގެ ދަށުން، ހޫނު ހިފަހައްޓާ ކޮންކްރީޓްތަކުގެ ބަދަލުގައި އެތައް ހާސް ގަހަކާއި މިލިއަނުން ގުނާލެވޭހާ ގިނަ ކުދި ގަސްތައް އިންދައި، އާންމުންނަށް ހިތްފަސޭހަ އަދި ސިއްޙަތަށް ފައިދާހުރި ފެހި މާހައުލެއް ވަނީ ގާއިމުކޮށްފައެވެ.

2016 އާއި 2019 އާ ދެމެދު މެޑެލިންގެ މޭޔަރުގެ އޮފީހުން ފެށި މި މަޝްރޫޢުގެ ދަށުން، ސިޓީގެ 30 ސަރަހައްދެއް “ފެހި މަގުތަކުގެ” ގޮތުގައި ތަރައްޤީކުރިއެވެ. މިގޮތުން، މަގުތަކުގެ އަރިމަތީގަޔާއި، ޕާކުތަކުގައި އަދި ފެން ހިންދާ ކާނުތަކުގެ ކައިރީގައި ގާތްގަނޑަކަށް 880,000 ބޮޑެތި ގަހާއި، 2.5 މިލިއަނަށްވުރެ ގިނަ ކުދި ގަސް ވަނީ އިންދާފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤުސަދަކީ ކޮންކްރީޓާއި ތާރުގެ ސަބަބުން ސިޓީތަކުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މަތިވާ މައްސަލަ ކުޑަކުރުމެވެ.

ދިރާސާތަކުން ދައްކާގޮތުގައި، މި ފެހި މަގުތަކުގެ ހިޔާ ލިބޭ ސަރަހައްދުތަކުގެ ފިނިހޫނުމިން 5 ޑިގްރީ ސެލްސިއަސްއަށްވުރެ ބޮޑަށް ވަނީ ދަށްކުރެވިފައެވެ. މީގެ އިތުރުން، ވައިގެ ސާފުކަން އިތުރުވެ، ދިރޭތަކެތީގެ ނަސްލުތައް އާލާވުމަށް ފުރުސަތު ލިބި، ފައިމަގުގައި ހިނގުމާއި ބައިސްކަލު ދުއްވުމަށް ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ވަނީ ތަނަވަސްވެފައެވެ.

މި ކާމިޔާބީއާ ގުޅިގެން، 2019 ވަނަ އަހަރު މި މަޝްރޫޢަށް ވަނީ “އޭޝްޑެން އެވޯޑް ފޯ ކޫލިންގ ބައި ނޭޗަރ” ލިބިފައެވެ. އަދި އދ. ގެ އެންވަޔަރަންމަންޓް ޕްރޮގްރާމުން ވަނީ މޫސުމީ ބަދަލުތަކަށް ސިޓީތައް ހޭނުވުމަށްޓަކައި ޤުދުރަތީ ވަސީލަތްތައް ބޭނުންކުރުމުގައި މެޑެލިންއަކީ ނަމޫނާ ސިޓީއެއްގެ ގޮތުގައި ބަލައިގެންފައެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މި މަޝްރޫޢުން ދައްކުވައިދެނީ، ޤުދުރަތީ މާހައުލާ ގުޅޭގޮތަށް ސިޓީތައް ޕްލޭންކުރުމުން، މޫސުމީ ނުރައްކާތަކުން ރައްކާތެރިވެފައިވާ މުޖުތަމައުތަކެއް ބިނާކުރެވިދާނެ ކަމެވެ.

މިވެސް ކިޔާލަން:  ނަފުސާނީ ގޮތުން ވަރުގަދަ މީހުން ބޭނުންކުރާ 10 ޖުމްލައެއް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top