ކަރަންޓާއި ނުލައި ބޭނުންކޮށްލެވޭ ދޮންނަމެޝިނެއް އުފައްދާފައިވާކަން އެނގޭހެއްޔެވެ؟ އިންޑިޔާގެ އުމުރުން އެންމެ 09 އަހަރުގެ ފިރިހެން ކުއްޖެއް މިވަނީ މިފަދަ ދޮންނަމެޝިނެއް އުފައްދާފައެވެ. ގްރޭޑް 07 ގައި ކިޔަވަމުން އަންނަ ދަރިވަރެއް ވަނީ ބައިސްކަލް ފިޔަވަޅު (ޕެޑަލް) އަނބުރައިގެން މަސައްކަތްކުރާ ދޮންނަ މެޝިނެއް އުފައްދާފަ އެވެ.
2018 ވަނަ އަހަރުގެ މެދުތެރެއަށް އަރައިގެން ގޮސްފައިވާއިރު އަދިވެސް އަހަރެމެންގެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓާއި ނުލައި ދިރިއުޅެމުން އަންނަ އެތަކެއް ބައެއް އެބައުޅެއެވެ. ދުނިޔޭގެ ހަކަތައާއި ބެހޭ އޭޖެންސީން ބުނާގޮތުން އިންޑިޔާއަށް އެކަނި ބަލައިލި ނަމަވެސް 240 މިނިޔަނަށް ވުރެން ގިނަ މީހުންނަކީ ކަރަންޓާއި ނުލައި ދިރިއުޅެމުން އަންނަ މީހުން ކަމަށް އަންދާޒާ ކުރެވެއެވެ.
އެހެން ނަމަވެސް އިންޑިޔާ ކުއްޖަކު އުފެއްދި އާދަޔާޚިލާފު ދޮންނަމެޝިނުގެ ސަބަބުން ކަރަންޓްގެ ވަޞީލަތް ލިބިފައިނުވާ ފަރާތްތަކަށްވެސް ދޮންނަމެޝިނުން އަންނައުނު ދޮވެލުމުގެ ފުރުޞަތު ފަހިވުމަށް މިވަނީ މަގެއް ކޮށިފައެވެ.
އުމުރުން އެންމެ 09 އަހަރުގެ ދަރްޝަން ކޯލޭ އުފައްދާފައިވާ ދޮންނަމެޝިނު ހެދުމަށް ބޭނުންކޮށްފައިވަނީ ޕްލާސްޓިކް ސިލިންޑަރަކާއި ބައު ބައިސްކަލެއްގެ ބައިތަކެކެވެ. ސިލިންޑަރު ގުޅާލާފައިވަނީ ބައިސްކަލުގެ ޗޭނާއި ފިޔަވަޅަށެވެ.
ވީޑިއޯ އިން އެ ފެންނަނީ މި ދޮންނަމެޝިނުން ދައުވެފައިވާ އަންނައުނު ދޮންނަ ގޮތް ކުދިންތަކަކަށް ދައްކައިލާ މަންޒަރެވެ. މި ދޮންނަމެޝިނަކީ އުފެއްދުންތެރި މަސައްކަތެއްގެ އިތުރުން ކަރަންޓާއި ނުލައި ބޭނުންކޮށްލެވޭނެ ތިމާވެށްޓާއި ރައްޓެހި އުފެއްދުމެއްކަން ފާހަގަކޮށްލެވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!