ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ލޮނުފެނުން ކަރު ދޮވުމަކީ އަރިދަފުސް ރޯގާގެ އެންމެ ފުރަތަމަ ފަރުވާ
ފޮޓޯ: ޕަވަރ މައިންޑްސެޓް - އެފްބީ

ކަރުގެ ދުޅަހެޔޮކަމަށާއި އަނގައިގެ ސިއްޙަތަށްޓަކައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ އާދައިގެ ގޭތެރޭގެ ފަރުވާއެއް ކަމަށްވާ ލޮނުފެނުން ކަރު ދޮވުމަކީ، ސިއްޙީ މާހިރުން އަދިވެސް އިރުޝާދު ދެއްވާ ކަމެކެވެ. މިއީ އަރިދަފުސް ރޯގާ ނުވަތަ ނޭވާލާ ނިޒާމުގެ ބަލިތަކުގެ ކުރީކޮޅު، ކެއްސުމާއި, ކަރުތެރެ ދުޅަވުން ކުޑަކޮށްދީ، އަރިދަފުސްތައް ސާފުކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް، މިއީ ވައިރަސްގެ ސަބަބުން ޖެހޭ ބަލިތަކަށް އޮތް ފުރިހަމަ ޝިފާއެއް ނޫނެވެ.

މި ފަރުވާގެ ސަބަބުން ކަރުގެ ދުޅަވެފައިވާ ބައިތަކުގައި ހުންނަ އިތުރު ފެން އެތެރެއަށް ދަމައިގަނެ، ކަރުގައި ހުންނަ އުނދަގޫތައް ކުޑަކޮށްދެއެވެ. ސިއްޙީ މާހިރުން ލަފާދެއްވަނީ ތާފަނާ ފެން ތަށްޓަކަށް ބައި ސަމުސާ ލޮނު އެޅުމަށްފަހު، ގާތްގަނޑަކަށް 30 ސިކުންތު ވަންދެން ކަރު ދޮވެލުމަށެވެ. އަދި މިކަން ދުވާލަކު އެތައް ފަހަރަކު ތަކުރާރު ކުރެވިދާނެއެވެ.

މީގެ އިތުރުން، ލޮނުފެނުން ކަރު ދޮވުމަކީ އަނގައިގެ ތެރޭގައި ހެދޭ ފާރުތައް ފަސޭހަވުމަށާއި، އެލާޖީގެ ސަބަބުން ކަރުތެރެ ހިރުވުމަށް ލިބޭ ލުޔަކަށް ވެސް ވެގެންދެއެވެ. އެހެންނަމަވެސް، ބަލީގެ އަލާމާތްތައް ދިގުލައިދާނަމަ، ގަދައަށް ހުން އަންނަނަމަ، ނުވަތަ ނޭވާލާން އުނދަގޫވެ، އެއްޗެހި ދިރުވަން ދަތިވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަންވާނެއެވެ.

އެމެރިކާގެ މަޝްހޫރު “މޭޔޯ ކްލިނިކް” އާއި “ކްލީވްލޭންޑް ކްލިނިކް” އަދި “ޕެން މެޑިސިން” ފަދަ ސިއްޙީ އިދާރާތަކުން ބަޔާންކުރާ ގޮތުގައި، ލޮނުފެނުން ކަރު ދޮވުމަކީ ކަރުގެ އުނދަގޫތަކަށް ލުއި ހޯދުމަށް ކުރެވިދާނެ ރައްކާތެރި އަދި ޚަރަދު ކުޑަ މަގެކެވެ.

މިވެސް ކިޔާލަން:  ހޫނުފެނުން އާވި އެރުވުމުން އަރިދަފުސް ރޯގާ ރަނގަޅުވޭތަ؟
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top