ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ކޮޓޭޖް ޗީޒް ބްލެންޑަރ މަފިންސް – މުނިއަވަސް ރަހަފަތް

މިއީ ކޮޓޭޖް ޗީޒް، ބިސް، ކިރު އަދި އެހެނިހެން ބާވަތްތައް މިކްސަރަކުން ގިރުމަށްފަހު ފިހެލައިގެން ތައްޔާރުކޮށްލެވޭނެ ވަރަށް މީރު އަދި ސިއްހަތަށް ފައިދާހުރި މަފިންސްއެކެވެ. މީގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވެއެވެ.

🛒 ބޭނުންވާ ތަކެތި

🔢 12 މަފިން ތައްޔާރުކުރުމަށް:

🍳 1 ޖޯޑު ކޮޓޭޖް ޗީޒް

🍳 3/4 ޖޯޑު ކިރު (ޕްރޮޓީން ގިނަ ކިރު ބޭނުންކުރުން ރަނގަޅު)

🍳 1/4 ޖޯޑު ބަޓަރު

🍳 1 ބޮޑު ބިސް

🍳 1 ޖޯޑު ސެލްފް ރައިސިންގ ފްލާވާރ (ބޭކިންގ ޕައުޑަރު އެކުލެވޭ ފުށް)

🍳 1 ޖޯޑު އޯޓްސް ފުށް

🍳 1/2 ޖޯޑު ހަކުރު

🍳 ކުޑަ ލޮނުކޮޅެއް

🍳 2/3 ޖޯޑު ސެމީ-ސްވީޓް ޗޮކްލެޓް ޗިޕްސް

👩‍🍳 ތައްޔާރުކުރާނެ ގޮތް:
1 ވަނަ ފިޔަވަހި: އެންމެ ފުރަތަމަ ހުރިހާ ތަކެތި ހަމަކުރާށެވެ. އަވަން 175 ޑިގްރީ ސެލްސިއަސް (350 ޑިގްރީ ފެރެންހައިޓް) އަށް ހޫނުކުރަން ޖައްސާށެވެ. މަފިން ފިހާ ޓްރޭގައި ކުޑަ ތެޔޮ ނުވަތަ ބަޓަރު ކޮޅެއް ހޭކުމަށްފަހު ނުވަތަ ކަރުދާސް ކަޕް އަތުރާފައި ބަހައްޓާށެވެ.

2 ވަނަ ފިޔަވަހި: ކޮޓޭޖް ޗީޒް، ކިރު، ބަޓަރު އަދި ބިސް މިކްސަރަށް އަޅައި އޮމާންވަންދެން ގިރާލާށެވެ. ދެން އޭގެ ތެރެއަށް ފުށުގެ ބާވަތްތަކާއި، ހަކުރު އަދި ލޮނު އެޅުމަށްފަހު ހުރިހާ އެއްޗެއް ރަނގަޅަށް މަސްހުނިވަންދެން (20 ސިކުންތުގެ ވަގުތުކޮޅުތަކަށް ބަހާލައިގެން) ގިރާލާށެވެ. އެއަށްފަހު ޗޮކްލެޓް ޗިޕްސްތައް އަޅައި ސަމުސަލަކުން އެއްކޮށްލާށެވެ.

3 ވަނަ ފިޔަވަހި: ތައްޔާރުކުރި މިކްސްޗަރު މަފިން ޓްރޭގެ ގޮޅިތަކަށް އެއްވަރަކަށް އަޅާށެވެ.

މިވެސް ކިޔާލަން:  ބަދަން ކުކުޅު ނޫޑްލްސް - މުނިއަވަސް ރަހަފަތް

4 ވަނަ ފިޔަވަހި: ކުރިން ހޫނުކުރަން ޖެއްސި އަވަނުގައި 22 މިނެޓާއި 24 މިނެޓާ ދެމެދުގެ ވަގުތަކަށް ފިހެލާށެވެ. މަފިންގެ މެދަށް ދަތްކޮށްޓާ އިލޮށިކޮޅެއް ހަރާލުމުން، އޭގައި ފުށް ތަތްނުލާ ސާފުކޮށް ނެގޭނަމަ އެހުރީ ފިހެވިފައެވެ. ފިހެ ނިމުމުން 5 މިނެޓް ވަންދެން ޓްރޭގައި ބަހައްޓާށެވެ.

5 ވަނަ ފިޔަވަހި: ޓްރޭއިން ނެގުމަށްފަހު ރަނގަޅަށް ހިހޫވަންދެން ނެޓް ފަދަ އެއްޗެއްގެ މަތީގައި ބަހައްޓާށެވެ.

ކައްކާ މީހުންގެ ސަމާލުކަމަށް:

އޯޓްސް ފުށް: ބާރުގަދަ މިކްސަރެއް ބޭނުންކުރާނަމަ، އާދައިގެ އޯޓްސް މުގުރާލައިގެން ފަސޭހަކަމާއެކު އޯޓްސް ފުށް ތައްޔާރުކޮށްލެވޭނެއެވެ.

– ބަދަލު ގެނައުން: ޕީނަޓް ބަޓަރު ރަހަ ޖައްސަން ބޭނުންނަމަ، 1/4 ޖޯޑު ފުށުގެ ބަދަލުގައި 1/4 ޖޯޑު ޕީނަޓް ބަޓަރު ޕައުޑަރު ބޭނުންކުރެވިދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top