ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ގއ. އަތޮޅުން ގދ. އަތޮޅަަށް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މިއަދު 0520 ގައި ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީ މިއަދު މިއަދު 0530 ން 0930 އާއި ދެމެދުގެ ވަގުތުތަކުގައި ގއ. އަތޮޅުން ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ރޭ 08:00 މިއަދު ހެދުނު 0800 އަށް މޫސުން ލަފާކޮށްފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން، ގަޑިއަކު 05 މޭލާ 13 މޭލު ދެމެދުގެބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލު ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ބުނެއެވެ. ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެންހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ބުނެއެވެ. އަދި ދިޔަވަރުބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެއަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ބުނެ އާއްމުކޮށް ހުރިހާ ފަރާތްތަކުން، ޙާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރެއެވެ. އެގޮތުން ކަނޑު ދަތުރުކުރާ ފަރާތްތަކުން، ޚާއްސަކޮށް އުތުރާއި މެދުތެރޭގެ އަތޮޅުތަކުގައި، މޫސުމަށް ސަމާލުވެލެއްވުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކުރައްވަ އެވެ.
ރެއިން ފެށިގެން ރާއްޖޭގެ ބޮޑުބަޔަކަށް އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 8 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު“ލޯބިން” އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟