ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޓެލެފިލްމު “ބާރޭ ވަފާ” އޮގަސްޓް 14 ގައި
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތަށް ޚާއްސަކޮށް އުފައްދާފައިވާ ޓެލެފިލްމު “ބާރޭ ވަފާ” މި ހިނގާ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ދައްކަން ނިންމައިފިއެވެ.

“ބާރޭ ވަފާ” ގެ ވާހަކަ ބިނާވެފައިވަނީ އާންމުކޮށް ފެންނަ އާއިލީ މައްސަލަތަކުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، ބޯޑަރު ސަރަހައްދުގައި ހިނގާ ކުރިމަތިލުންތަކުގެ ސަބަބުން އިންސާނުންނަށް ކުރިމަތިވާ ހިތްދަތި ކަންކަމާއި، ހަނގުރާމައިގެ ސަބަބުން އާންމު ދިރިއުޅުމަށް އަންނަ ބަދަލުތައް މި ފިލްމުގައި ވަރަށް ފުރިހަމައަށް ދައްކުވައިދޭނެއެވެ.

މި ފިލްމުގެ މައިގަނޑު މެސެޖަކީ ހަނގުރާމައާ ދެކޮޅު މެސެޖެކެވެ. “މި ބިމަކީ އަހަރެމެންގެ މަންމަ، އަދި އެއްވެސް މަންމައަކު ހަނގުރާމައެއް ބޭނުމެއް ނުވާނެ” މި ޝިއާރުގެ ދަށުން، ލޯތްބާއި، އިންސާނިއްޔަތާއި، އުންމީދުގެ މައްޗަށް މި ފިލްމުގައި އަލިއަޅުވާލާފައިވެއެވެ. ޚާއްސަކޮށް “ލައިން އޮފް ކޮންޓްރޯލް” ސަރަހައްދުގައި ދިރިއުޅޭ މީހުން ހަނގުރާމައިގެ ހިޔަނިދަށުގައި އުފުލާ ތަކުލީފުތައް މި ފިލްމުން ފެނިގެންދާނެއެވެ.

މި ޓެލެފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ހަދީގާ ކިއާނީ، އުސްމާން ޚާލިދު ބަޓް، ސިދްރާ ނިއާޒީ، ސައްޔިދު ޖިބްރާން އަދި އަސްމާ އައްބާސްއެވެ. މި ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ނޫރުލް ހުދާ ޝާހްއެވެ. ސައިފީ ޙަސަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ސުލްތާނާ ސިއްދީޤީގެ ޕްރޮޑަކްޝަނެކެވެ.

ހަމް ޓީވީން މި ފިލްމު ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވާ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00 ގައެވެ.

މިވެސް ކިޔާލަން:  ދެވަނަ މެޗުން ވެސް ބަލިވެ ދިވެހިރާއްޖެއަށް ފައިނަލްގެ ފުރުސަތު ގެއްލިއްޖެ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top