ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމެރިކަން ހޮރޯ ސްޓޯރީގެ 13 ވަނަ ސީޒަން
ފޮޓޯ: މުނިއަވަސް ގްރެފިކްސް

މަޝްހޫރު ސީރީޒް “އެމެރިކަން ހޮރޯ ސްޓޯރީ” (އޭ.އެޗް.އެސް) އިން މިހާތަނަށް ފެންނާނެ އެންމެ ބޮޑު ކްރޮސްއޯވާ ނުވަތަ އެކި ސީޒަންތައް ގުޅުވާލުމުގެ ތައްޔާރީތައް ފަށައިފިއެވެ. މި ސީރީޒްގެ 13 ވަނަ ސީޒަން ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ގައެވެ. މި ސީޒަން އެފް.އެކްސް އަދި ހުލޫ އިން ދައްކާއިރު، ޑިޒްނީ ޕްލަސް މެދުވެރިކޮށް މުޅި ދުނިޔެއަށް ސްޓްރީމް ކުރެވޭނެއެވެ.

ރަޔަން މާފީ އަދި ބްރޭޑް ފަލްޗަކް އުފައްދާފައިވާ މި ސީރީޒްގެ 13 ވަނަ ސީޒަނުން، ކުރީގެ ސީޒަންތަކުން ބެލުންތެރިންގެ މަޤުބޫލުކަން ހޯދާފައިވާ ގިނަ ފަންނާނުންތަކެއް އަލުން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ޖެސިކާ ލަންޖް، ސާރާ ޕޯލްސަން، އިވަން ޕީޓާސް، އެންޖެލާ ބެސެޓް، ކެތީ ބޭޓްސް، އެމާ ރޮބާޓްސް، ބިލީ ލޯޑް، ގަބޫރީ ސިޑިބޭ އަދި ލެސްލީ ގްރޮސްމަން ހިމެނެއެވެ.

ނަމަވެސް، މިއީ ހަމައެކަނި “ކޮވެން” ސީޒަންގެ އިތުރު ބައެއް ނޫނެވެ. ރަޔަން މާފީ ބަޔާންކުރި ގޮތުގައި، މި ސީޒަނުގައި ކުރީގެ ހުރިހާ ސީޒަންތަކެއްގެ ރޫހު އެކުލެވިގެންވާނެއެވެ. އަދި އޭ.އެޗް.އެސް ޔުނިވާސްގެ ތަފާތު ކެރެކްޓާތައް އެކުވެގެން “ބޮޑު ނުބައި ބާރަކާ” ދެކޮޅަށް ކުރިމަތިލާނެއެވެ. މާފީ މި ކޮންސެޕްޓް ސިފަކޮށްފައިވަނީ “ދި އެވެންޖާސް” އާ އެއްފަދަ ކަމެއްގެ ގޮތުގައެވެ.

މި ސީޒަނަކީ ކުރީގެ ހަނދާންތައް އާކޮށްދޭނެ ވަރަށް މުހިންމު ސީޒަނަކަށް ވެގެންދާނެއެވެ. އެގޮތުން ޖެސިކާ ލަންޖް ވަނީ އޭނާ ކުރިން ކުޅެފައިވާ ހަތަރު ކެރެކްޓާއެއް (މާޑާ ހައުސްގެ ކޮންސްޓަންސް، އެސައިލަމްގެ ސިސްޓާ ޖޫޑް، ކޮވެންގެ ފިއޯނާ ގޫޑް އަދި ފްރީކް ޝޯގެ އެލްސާ މާސް) އަލުން ކުޅޭނެކަން ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން، ބައެއް އެކްޓަރުން އެކަކަށްވުރެ ގިނަ ކެރެކްޓާ ކުޅޭނެކަމަށް މާފީ ހާމަކުރެއްވިއެވެ. އެގޮތުން ސާރާ ޕޯލްސަން ހައެއް ނުވަތަ ހަތް ރޯލު ކުޅޭއިރު، އިވަން ޕީޓާސް ފަސް ވަރަކަށް ރޯލުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިވެސް ކިޔާލަން:  ބްރޭކިން ނިއުސް - ސީޒަން ފިލްމީ ދާއިރާއިން ބްރޭކެއް!

މި ސީޒަނުގައި “މާޑާ ހައުސް”، “ކޮވެން” އަދި “އެޕޮކަލިޕްސް” ފަދަ މަޤުބޫލު ސީޒަންތަކުގެ ވާހަކަތަކާއި ކެރެކްޓާތައް ގުޅުވާލައި، ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ބިރުވެރި ހާދިސާތައް އެއް ފުރާޅެއްގެ ދަށަށް ގެނެވޭނެއެވެ.

ކާސްޓަށް އައި ބަދަލުތަކަށް ބަލާއިރު، މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭ ވަގުތު ނެތުމުގެ ސަބަބުން މި ސީޒަނުން ވަކިވެފައިވާކަން މާފީ ވަނީ ކަށަވަރުކޮށްދީފައެވެ.

ފާއިތުވި 12 ސީޒަނުގައި ވަކިވަކި ވާހަކަތަކެއްގެ ގޮތުގައި ފެނުނު ނަމަވެސް، އެމެރިކަން ހޮރޯ ސްޓޯރީގެ 13 ވަނަ ސީޒަނުން މި ހުރިހާ ވާހަކަތަކެއްގެ ދެމެދުގައިވާ ފާރުތައް ނައްތާލައި، އެންމެ ހަނދާން ހުންނަ ކެރެކްޓާތައް އެކުވެގެން ވަރުގަދަ ބިރުވެރި ކުރިމަތިލުމެއް ފެނިގެންދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top