ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިނިވަންކަމަށް ދިވެހިން ކުރި ދަތުރު – ކުރުކޮށް

1965 ވަނަ އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ކުރެވުނު އެގްރީމެންޓަކުން ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ޤަބޫލު ކުރީއެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި 77 އަހަރު ތިބުމަށްފަހުގައެވެ. ސިޔާސީ ގޮތުންނާއި، އެހެނިހެން ވެސް ގޮތްގޮތުން ހުރިހާ ޤައުމަކާއި އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ސީދާ އަމިއްލައަށް ގުޅުން ހިންގުމުގެ ޙައްޤު ދިވެހިރާއްޖެއަށް ލިބުނީ މި ތާރީޚީ ދުވަހު އެވެ.

މި ތާރީޚީ އެގްރީމެންޓްގައި ސޮއިކުރެވުނީ އެދުވަހު ހެނދުނު މާލޭ ގަޑިން 10 ޖެހިއިރު ކޮޅުނބުގައި ހުންނަ އިނގިރޭސި ދައުލަތު ހައިކޮމިޝަންގައެވެ. ރާއްޖޭގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ބޮޑުވަޒީރު އަލްފާޟިލް އިބްރާހީމް ނާޞިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ.

 

މިއަހަރުގެ މިނިވަންދުވަހުގެ ތަހްނިޔާ އެންމެހައިކިޔުންތެރިންނަށް އަރިސްކުރަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top