ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިޖޭގެ އެންމެ ފަހު ފިލްމު “ޖަނަ ނާޔަގަން” ޒީ5 އަށް
ގޫގަލް

ތަމަޅަ ސިނަމާގެ މަޝްހޫރު ތަރި ތަލަޕަތީ ވިޖޭގެ ފަހު ފިލްމު ކަމަށްވާ “ޖަނަ ނާޔަގަން” މި ހިނގާ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އޮންލައިން ސްޓްރީމިން ޕްލެޓްފޯމް ޒީ5 މެދުވެރިކޮށް ޕްރީމިއާ ކުރުމަށް ހަމަޖެހިއްޖެއެވެ.

އެޗް. ވިނޯތު ޑައިރެކްޓްކޮށް، ކޭވީއެން ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކޮށްފައިވާ މި އެކްޝަން ޑްރާމާ ފިލްމު ސިނަމާތަކުގައި އަޅުވާފައިވަނީ މިދިޔަ ޖުލައި މަހުގެ 23 ގައެވެ. މި ފިލްމު ސިނަމާތަކަށް ގެނައުން ލަސްވެގެން ދިޔައީ އިންޑިއާގެ ސެންސަރު ބޯޑު (ސީބީއެފްސީ) ގެ ހުއްދަ ލިބުމުގައި ދިމާވި ބައެއް ދަތިތަކާ ގުޅިގެންނެވެ.

ސިޔާސީ ކޮރަޕްޝަނާ ދެކޮޅަށް ނުކުންނަ ހިތްވަރުގަދަ ލީޑަރެއްގެ ވާހަކަ ދައްކުވައިދޭ “ޖަނަ ނާޔަގަން” ގައި ވިޖޭގެ އިތުރުން ޕޫޖާ ހެގްޅޭ، މަމީތާ ބައިޖޫ އަދި ބޮބީ ޑިއޯލް ފަދަ ތަރިން މުހިންމު ރޯލުތަކުން ފެނިގެންދެއެވެ. މީގެ އިތުރުން ޕްރަކާޝް ރާޖް އަދި ގޯތަމް ވާސުދޭވް މެނަން ވެސް މި ފިލްމުގެ މުހިންމު ސަޕޯޓިން ރޯލުތަކުން ފެނިގެންދެއެވެ. މި ފިލްމުގެ ޖާދުވީ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަނިރުދް ރަވިޗަންދަރެވެ.

ފިލްމު ރިލީޒްވުމުގެ ކުރިން އިންޓަނެޓަށް ލީކުވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މި ފިލްމަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައެވެ. ގާތްގަނޑަކަށް 300 އާއި 350 ކްރޯޑް ރުޕީސްއާ ދެމެދުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް މިހާތަނަށް މުޅި ދުނިޔެއިން 321.75 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މިވެސް ކިޔާލަން:  "މަލަންގު 2" ގެ މަސައްކަތް ފަށައިފި

މި ކާމިޔާބީއާއެކު “ޖަނަ ނާޔަގަން” މިވަނީ ސޫރިޔާގެ “ކަރުއްޕު” ފިލްމުގެ ލައިފްޓައިމް ކަލެކްޝަން ފަހަތަށް ޖައްސާލައި، ފަހަކަށް އައިސް މުޅި ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ތަމަޅަ ފިލްމުގެ ޝަރަފު ހޯދާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top