ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
އިނގުރު ހަލާކުވިޔަ ނުދީ ގިނަ ދުވަހަށް ބަހައްޓާނެ ގޮތް

ކާއެއްޗެހީގެ ރަހަ މީރުކޮށްލުމަށް އިނގުރަކީ ވަރަށް މުހިންމު ބާވަތެކެވެ. ކޭކު އެޅުމަށާއި، ތަފާތު ސޯސްތައް ތައްޔާރުކުރުމަށާއި، ހަޖަމުކުރުމަށް އެހީތެރިވެދޭ ސައެއް ތައްޔާރުކުރުމަށް ވެސް އިނގުރު ބޭނުންކުރެވެއެވެ. އިނގުރަކީ އާންމުކޮށް ގަހެއްގެ މޫ ކަމަށް ބެލެވުނު ކަމުގައި ވިޔަސް، މިއީ މާ އަޅާ ގަހެއްގެ ބައެއްކަމަށް ކާނާއާ ބެހޭ މާހިރުން ވިދާޅުވެއެވެ. އިނގުރުގެ ތާޒާކަން ދެމެހެއްޓުމަށްޓަކައި އެ ރައްކާކުރާނެ ގޮތާއި، ބޭނުންކުރެވޭނެ މުއްދަތު ދެނެގަތުމަކީ މުހިންމު ކަމެކެވެ.

އިނގުރު ރައްކާކުރާނެ އެންމެ ރަނގަޅު ގޮތް
އިނގުރު ގިނަ ދުވަހަށް ބެހެއްޓުމަށްޓަކައި އާންމު ފިނިހޫނުމިނުގައާއި އައިސްއަލަމާރީގައި ވެސް ބެހެއްޓިދާނެއެވެ. ނަމަވެސް، އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލާއިރު، އިނގުރު ކޮށުމަށްފަހު ވައި ނުވަންނަ ފަދަ އެއްޗަކަށް އަޅައި އައިސްއަލަމާރީގައި ބެހެއްޓުމުން ހަފުތާތަކަކަށް ތާޒާކަން ދެމެހެއްޓޭނެއެވެ. އާންމު ފިނިހޫނުމިނުގައި ބަހައްޓާ ނަމަ، ގަތް ދުވަހުން ފެށިގެން ދެ ދުވަހާއި ފަސް ދުވަހާ ދެމެދު ބޭނުންކުރުން އެދެވިގެންވެއެވެ. ނަމަވެސް އައިސްއަލަމާރީގައި ބަހައްޓާ ނަމަ ދެ ހަފުތާއާއި ތިން ހަފުތާއާ ދެމެދު ބޭނުންކުރެވޭނެއެވެ. ތޮށި ނުނޮޅާ ހުންނަ އިނގުރު އާންމު ފިނިހޫނުމިނުގައި ބެހެއްޓިދާނެއެވެ. އެހެންނަމަވެސް އެންމެ ރަނގަޅު ގޮތަކީ ވައި ނުވަންނަ ކޮންޓެއިނަރަކަށް އަޅައި، އައިސްއަލަމާރީގެ ތަރުކާރީ އަޅާ ވަތްގަނޑުގައި ބެހެއްޓުމެވެ.

އިނގުރު ހަލާކުނުވެ ހުންނާނީ ކިހާ މުއްދަތަކަށް؟
އިނގުރު ހަލާކުވުމުން އޭގެ ކުލަ މުށިކުލައަށް ބަދަލުވެ، ރީނދޫކަން ފަނޑުވެ، މަޑުވާނެއެވެ. ރަނގަޅަށް ރައްކާކޮށްފި ނަމަ އެއް މަސް ދުވަހާ ހަމައަށް އިނގުރު ބޭނުންކުރެވޭނެއެވެ.

ތާޒާ އިނގުރު: ތޮށި ނުނޮޅާ ހުންނަ އިނގުރު އައިސްއަލަމާރީގައި އެއް މަސް ދުވަހަށް ބެހެއްޓިދާނެއެވެ. ނަމަވެސް ފަންގަސް ނުވަތަ މޯލްޑް ޖަހަން ފަށައިފި ނަމަ އެ އުކާލަން ޖެހޭނެއެވެ.

މިވެސް ކިޔާލަން:  ފޮޓޯގެ ފަހަތުގައިވާ ވާހަކަ: ގަނާގެ ޝިކާރައަކަށް ވެފައިވާ މި ކުއްޖާގެ އަތުގައި ހިފައިގެން އެދަނީ ކާކުބާ؟

ތޮށި ނޮޅާފައި ހުންނަ އިނގުރު: ތޮށި ނޮޅާފައި ހުންނަ އިނގުރު މާ އަވަހަށް ހަލާކުވާނެއެވެ. އެހެންކަމުން، މިފަދަ އިނގުރު ޕްލާސްޓިކް ކޮތަޅެއް ނުވަތަ ރެޕާއެއްގައި އޮޅާލުމަށްފަހު އައިސްއަލަމާރީގައި ބަހައްޓާށެވެ. މިގޮތަށް ބެހެއްޓުމުން ދެ ހަފުތާއާއި ތިން ހަފުތާއާ ދެމެދު ބޭނުންކުރެވޭނެއެވެ.

ގާނާފައި ހުންނަ އިނގުރު: ކެއްކުމަށް ފަސޭހައަކަށް ގާނާފައި ހުންނަ އިނގުރު، ވައި ނުވަންނަ އެއްޗަކަށް އަޅައި ފިނިކުރާ ފޮށީގައި ބަހައްޓައިފި ނަމަ އެއް ހަފުތާގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ.

އިނގުރު ގަނޑުކުރެވިދާނެތަ؟
އާނއެކެވެ. އިނގުރު މުޅިން އެއްކޮށް ނުވަތަ ގާނާފައި ވެސް ގަނޑުކުރާ ބައިގައި (ފްރީޒަރުގައި) ރައްކާކުރެވިދާނެއެވެ.

ގަނޑުކޮށްފައި ކިހާ ދުވަހަކު ބެހެއްޓޭނެ؟
ގަނޑުކޮށްފައި ބަހައްޓާ އިނގުރު، ގަތް ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ބޭނުންކުރުން އެދެވިގެންވެއެވެ. މުޅި އިނގުރުގަނޑު ވައި ނުވަންނަ ގޮތަށް ބަންދުކޮށްފައި ހަ މަސް ދުވަހަށް ބެހެއްޓިދާނެއެވެ. އެއަށްވުރެ ގިނަ ދުވަސްވެއްޖެ ނަމަ އޭގެ އަސްލު ރަހަ ކެނޑިގެން ހިނގައިދާނެއެވެ. ގާނާފައި ހުންނަ އިނގުރު ވެސް މިގޮތަށް ރައްކާކުރެވިދާނެއެވެ. ވައި ނުވަންނަ ގޮތަށް ބަންދުކުރުމުން ފްރީޒަރުގައި ހުންނަ އެހެން އެއްޗެހީގެ ވަސް އިނގުރަށް ހިފުމުން ސަލާމަތްކޮށްދޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top