ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސެޕްޓެމްބަރު 1 ވާނީ އެޕަލްގެ ތާރީޚީ ދައުރެއް ނިމުމަކަށް އަންނަ ދުވަހަކަށް!
ޓިމް ކުކް / އެޕަލް ކުންފުނި

ވޭތުވެދިޔަ 15 އަހަރު އެޕަލްގެ ސީ.އީ.އޯގެ މަގާމު ފުރުއްވި ޓިމް ކުކް، މި މަހުގެ ނިޔަލަށް އެ މަގާމުން ވަކިވެވަޑައިގަންނަވާނެކަން އެޕަލްއިން ވަނީ މިދިޔަ އެޕްރީލް މަހު އިޢުލާންކޮށްފައެވެ.

ސެޕްޓެމްބަރު 1 އިން ފެށިގެން އެޕަލްގެ އައު ސީ.އީ.އޯ އަކަށް ހަމަޖައްސާފައިވަނީ އެ ކުންފުނީގެ ހާޑްވެއަރ އިންޖިނިއަރިންގްގެ އިސްވެރިޔާ ޖޯން ޓާނަސް އެވެ. ޓިމް ކުކް ދެން ފެނިގެންދާނީ އެޕަލްގެ ބޯޑް އޮފް ޑިރެކްޓަރުންގެ އެގްޒެކެޓިވް ޗެއަރމަންގެ މަގާމުންނެވެ. އެޕަލްއިން ހާމަކޮށްފައިވާ ގޮތުގައި، ކުކްގެ އައު ޒިންމާތަކުގެ ތެރޭގައި ކުންފުނީގެ ބައެއް މުހިންމު ކަންކަމުގައި އެހީތެރިވުމާއި، ދުނިޔޭގެ އެކި ގައުމުތަކުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއެކު ގުޅުން ބަދަހިކުރުން ހިމެނެއެވެ.

ޓިމް ކުކް އެޕަލްގެ ސީ.އީ.އޯ ކަމާ ހަވާލުވެވަޑައިގަތީ އޯގަސްޓް 2011 ގައެވެ. އެއީ އޭރުގެ ސީ.އީ.އޯ ސްޓީވް ޖޮބްސްގެ ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. ކުކްގެ ލީޑަރޝިޕްގައި އެޕަލް ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ ލަގަބު އެތައް ފަހަރަކު ހޯދާފައެވެ. އަދި އޭނާގެ ދައުރުގައި އެޕަލް ވޮޗް، އެއަރޕޮޑްސް، ހޯމްޕޮޑް، ވިޜަން ޕްރޯ، އެޕަލް މިއުޒިކް އަދި އެޕަލް ޓީވީ ފަދަ ކާމިޔާބު އުފެއްދުންތަކާއި ޚިދުމަތްތައް ބާޒާރަށް ނެރެފައިވެއެވެ.

ކުކް ކުންފުނީގެ ހިންގުން ޓާނަސްއާ ހަވާލުކުރައްވާއިރު، އެޕަލް އޮތީ މާލީގޮތުން ވަރަށް ވަރުގަދަ ފުރުސަތެއްގައެވެ. އެގޮތުން ވޭތުވެދިޔަ ކުއާޓަރުތަކުގައި އެ ކުންފުނިން ވަނީ އާމްދަނީގެ އައު ރެކޯޑްތަކެއް ގާއިމުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ޓިމް ކުކް ވިދާޅުވީ، އެޕަލް ފަދަ އާދަޔާޚިލާފު ކުންފުންޏެއްގެ ސީ.އީ.އޯގެ މަގާމު އަދާކުރުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ. އަދި އާދަޔާޚިލާފު އުފެއްދުންތެރި، ހުނަރުވެރި އަދި މަސައްކަތަށް ކަނޑައެޅިގެން ހުސްވެފައިވާ ޓީމަކާއެކު މަސައްކަތް ކުރަން ލިބުމަކީ ނުހަނު އުފާކުރާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިވެސް ކިޔާލަން:  އެޕަލް އިން މިއަހަރު އަލަށް ނެރެން ތައްޔާރުވަމުންދާ 15 އުފެއްދުން

މިއީ އެޕަލްއަށް އަންނަ ބޮޑު ބަދަލެއް ނަމަވެސް، މިއީ އައު އުންމީދުތަކެއް ގެނުވައިދޭ ބަދަލެކެވެ. ޓިމް ކުކް ބޮޑަށް ފާހަގަކުރެވިފައިވަނީ އޮޕަރޭޝަންސް އަދި ސަޕްލައި ޗެއިންގެ މާހިރެއްގެ ގޮތުގައި ނަމަވެސް، ޓާނަސްއަކީ އުފެއްދުންތަކުގެ ފަންނީ ކަންކަމަށް ލޯބިކުރާ ބޭފުޅެކެވެ. ރިޕޯޓްތައް ބުނާގޮތުގައި ޓާނަސްގެ ލީޑަރޝިޕް ސްޓައިލަކީ ކުކްގެ މަޝްވަރާގެ އުސޫލަށްވުރެ ބޮޑަށް، އަވަސް އަދި ސީދާ ނިންމުންތައް ނިންމުމުގެ އުސޫލެކެވެ.

އައު ސީ.އީ.އޯ ޓާނަސް ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ހާސިލުކުރެވޭނެ ކަންކަމާ މެދު އޭނާ ވަރަށް އުންމީދުކުރާ ކަމަށާއި، ދުނިޔޭގެ އެންމެ ހުނަރުވެރި މީހުންނާއެކު އެޕަލްގައި މަސައްކަތް ކުރަން ލިބުމަކީ ނުހަނު ބޮޑު އުފަލެއް ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top