ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ހަނީ ސެސަމީ ކުކުޅާއި ބްރޮކޮލީ – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 15 މިނެޓު
⏱️ ކެއްކުމަށް ހޭދަވާ ވަގުތު: 15 މިނެޓު
⏱️ ޖުމްލަ ހޭދަވާ ވަގުތު: 30 މިނެޓު
🍽️ ލިބޭ މިންވަރު: 4 މީހުންނަށް

🛒 ބޭނުންވާ ތަކެތި:

ސޯސް ތައްޔާރުކުރުމަށް:

● ¼ ޖޯޑު ސޯޔާ ސޯސް (ލޮނު މަދު)
● 2 މޭޒުމަތީ ސަމުސާ ފެން
● 1 ½ މޭޒުމަތީ ސަމުސާ ސެސަމީ އޮއިލް
● 3 މޭޒުމަތީ ސަމުސާ މާމުއި
● 1 މޭޒުމަތީ ސަމުސާ ރައިސް ވިނެގަރ
● 1 ސައިސަމުސާ އިނގުރު (ގާނާފައި)
● 2 ލޮނުމެދު (ގާނާފައި)
● 1 މޭޒުމަތީ ސަމުސާ ސެސަމީ ސީޑްސް
● 2 ސައިސަމުސާ ކޯންފްލާ

ކުކުޅާއި ތަރުކާރީއަށް:

● 500 ގްރާމް ކުކުޅު މަސް (ކުދިކޮށް ކޮށާފައި)
● 2 މޭޒުމަތީ ސަމުސާ ކޯންފްލާ
● 2 މޭޒުމަތީ ސަމުސާ ފުށް (އޯލް ޕާޕަސް ފްލާ)
● ½ ސައިސަމުސާ ލޮނު
● ¼ ސައިސަމުސާ އަސޭމިރުސް
● 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
● 6 ޖޯޑު ބްރޮކޮލީ (ކުދިކޮށް ކޮށާފައި)
● 2 ފިޔާ ފަތް (ކުދިކޮށް ކޮށާފައި)
● 1 ސައިސަމުސާ ލޮނު (ބްރޮކޮލީ ކައްކާއިރު އެޅުމަށް)

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – ބޮޑު ތަވައަކަށް ނުވަތަ ތެއްޔަކަށް 2-3 އިންޗިއަށް ފެން އެޅުމަށްފަހު، ބްރޮކޮލީއާއި ލޮނު އަޅައި މަތިޖަހާފައި ކައްކަން އުދާށެވެ. ފެން ކެކެން ފެށުމުން ގިނި މަޑުކޮށްލާފައި 6 މިނެޓު ވަންދެން މަޑުގިނީގައި ކައްކާށެވެ. ބްރޮކޮލީތައް މަޑުވުމުން ފުރޭންޏަކުން ފުރޭނުމަށްފަހު، ފިނިފެނުން ދޮވެލާށެވެ. މިގޮތަށް ހެދުމުން ބްރޮކޮލީގެ ފެހިކަން ނުގެއްލި ހުންނާނެއެވެ.

މިވެސް ކިޔާލަން:  ފުރަތަމަ އައީ ކޮން އެއްޗެއް؟ ކުކުޅުތަ ބިސް ތަ؟

2 – ކުޑަ ބޯތަށްޓެއްގައި ސޯޔާ ސޯސް، ފެން، ސެސަމީ އޮއިލް، މާމުއި، ވިނެގަރ، އިނގުރު، ލޮނުމެދު، ކޯންފްލާ އަދި ސެސަމީ ސީޑްސް އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް ގިރެންދެން ގަށާލާށެވެ.

3 – ކުކުޅުތައް ޕްލާސްޓިކް ކޮތަޅަކަށް އަޅާށެވެ. އެހެން ބޯތަށްޓެއްގައި ކޯންފްލާ، ފުށް، ލޮނު އަދި އަސޭމިރުސް އެއްކޮށްލުމަށްފަހު، މި މިކްސްޗަރު ކުކުޅު އަޅާފައިވާ ކޮތަޅަށް އޮއްސާލާށެވެ. ކޮތަޅުގެ އަނގަ ބަންދުކޮށް، ކުކުޅުތަކުގައި ފުށްތައް ރަނގަޅަށް ހޭކެންދެން ތަޅުވައިލާށެވެ.

4 – ތަވައަކަށް އޮލިވް އޮއިލް އަޅައި މެދުގިނީގައި ހޫނުކުރާށެވެ. ތެޔޮ ހޫނުވުމުން ކުކުޅުތައް ތަވައިގެ ތެރޭގައި ފަތުރާލާށެވެ. 2-3 މިނެޓު ވަންދެން ނުހަލުވައި ކެއްކުމަށްފަހު، ކުކުޅުގެ ކުލަ މުށިކުލައަށް ބަދަލުވުމުން އަނެއް ފަރާތަށް ޖަހައި ރަނގަޅަށް ރޯފިލަންދެން ކައްކާށެވެ.

5 – ގިނި މަޑުކޮށްލުމަށްފަހު ކުރިން ތައްޔާރުކުރި ސޯސް ކުކުޅުތަކުގެ މައްޗަށް އޮއްސާލާށެވެ. ސޯސްގަނޑު އޮލަވަންދެން މިނެޓެއް ނުވަތަ ދެ މިނެޓު ވަންދެން ކައްކާށެވެ.

6 – ކައްކާފައި ހުރި ބްރޮކޮލީތައް ކުކުޅާ އެއްކޮށްލާށެވެ. އެއަށްފަހު މައްޗަށް ފިޔާ ފަތް އަޅައި ހޫނުކޮށް ހުއްޓާ ސާވްކުރާށެވެ.

އިތުރު އިރުޝާދެއް:

● މާ ގިނަ ކުކުޅު އެއްފަހަރާ ތަވައަށް ނާޅާށެވެ. އޭރުން ކުކުޅުތައް ރަނގަޅަށް ރަތްވާނެއެވެ.
● ބްރޮކޮލީ ކެއްކުމަށްފަހު ފިނިފެނުން ދޮވުމުން އޭގެ ކުލަ ރީތިކޮށް ހުންނާނެއެވެ.
● ސޯސްގަނޑު އޮލަކޮށްދެނީ އޭގައި ހިމެނޭ ކޯންފްލާގެ ސަބަބުންނެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top