ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ހީރޯ ކީ ހޮރޯރިން” އިން ގޯވިންދާގެ ދަރިފުޅު ޔަޝްވަރުދަން
ގޫގަލް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާގެ ދަރިފުޅު ޔަޝްވަރުދަން އަހޫޖާ، ބޮލީވުޑްގެ ފިލްމީ ދާއިރާއަށް ބަތަލެއްގެ ގޮތުގައި ތަޢާރަފުވާ ފުރަތަމަ ފިލްމު “ހީރޯ ކީ ހޮރޯރިން” ރިލީޒްކުރާނެ ތާރީޚު އިޢުލާނުކޮށްފިއެވެ.

ލޯތްބާއި، ބިރުވެރި މަޖާ (ހޮރޯ-ކޮމެޑީ) އަދި ކައުނުން ބޭރުގެ ކަންކަން އެކުލެވޭ މި ފިލްމުގައި ޔަޝްވަރުދަންއާއެކު އަންހެން ލީޑް ރޯލުން ފެނިގެންދާނީ ފިލްމު “ލާޕަތާ ލޭޑީސް” އިން މަޤުބޫލުކަން ހޯދި ނިތާންޝީ ގޯޔަލް އެވެ.

މި ފިލްމު އުފައްދާ ފަރާތްތަކުން ދާދިފަހުން މި ޕްރޮޖެކްޓް އިޢުލާނުކޮށްފައިވާއިރު، ފިލްމުގެ އިތުރު ތަރިންގެ ގޮތުގައި ޖެމީ ލީވަރ، ޗަންކީ ޕާންޑޭ، ބްރިޖެންދުރަ ކަލާ އަދި ސިމްރަތު ކޯރު ރަންދަވާ ހިމެނެއެވެ. މީގެ އިތުރުން، މި ފިލްމުގެ އެންމެ ޚާއްސަ އެއް ކަމަކީ ޔަޝްވަރުދަންގެ އަސްލު މަންމަ، ސުނީތާ އަހޫޖާ މި ފިލްމުގައި ވެސް އޭނާގެ މަންމަގެ ރޯލުން ފެނިގެން ދިއުމެވެ. މިއީ މަންމައަކާއި ދަރިއަކު އެކުގައި ފިލްމީ ދާއިރާއަށް މިގޮތަށް ނުކުންނަ ފުރަތަމަ ފަހަރު ކަމަށް ބެލެވެއެވެ.

މިކަމާ ގުޅޭގޮތުން މީޑިއާއާ ވާހަކަދައްކަމުން ސުނީތާ އަހޫޖާ ބުނެފައިވަނީ، ދަރިފުޅު ޔަޝްއާއެކު ފިލްމެއްގައި މަސައްކަތް ކުރަމުންދާ ކަމަށާއި، ފިލްމުގައި ކުޅެނީ އޭނާގެ މަންމަގެ ރޯލު ކަމަށެވެ. އަދި މިއީ ފިލްމީ ދާއިރާގައި މަންމައަކާއި ދަރިއަކު އެކުގައި ލޯންޗުވާ ފުރަތަމަ ފަހަރު ކަމަށް ވެދާނެ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ބާލާޖީ ޓެލެފިލްމްސް އިން ޕްރެޒެންޓްކުރާ މި ފިލްމަކީ ޝޯބާ ކަޕޫރު، އެކްތާ އާރް ކަޕޫރު، އަމަރް ބުތާލާ އަދި ޖައި ހޯ މީޑިއާ ވެންޗާސް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ޑައިރެކްޓަރު ސާޖިދު ޚާން ޑައިރެކްޓްކުރާ “ހީރޯ ކީ ހޮރޯރިން” ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ 7 ޖެނުއަރީ 2027 ގައެވެ.

މިވެސް ކިޔާލަން:  ނެޓްފްލިކްސްގެ "ދަ ބާސްޓަރޑްސް އޮފް ބޮލީވުޑް" ގެ ދެވަނަ ސީޒަންގެ މަސައްކަތް ފަށަނީ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top