ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބޮބީ ޑިއޯލް ނުބައިބައި ރޯލުތަކުން ދުރުވާން ބޭނުންވެއްޖެ
ދަ ޓައިމްސް އޮފް އިންޑިއާ

“އެނިމަލް” އާއި “އާޝްރަމް” ގައި ބޮބީ ޑިއޯލް ކުޅެފައިވާ ނުބައިބައި ރޯލުތަކަށް ލިބުނު ބޮޑު ތަރުހީބާއެކު، އޭނާއަށް ހަމައެކަނި އެފަދަ ރޯލުތައް ހުށަހަޅާތީ އެކަމާ ބެހޭގޮތުން އޭނާ ވާހަކަދައްކައިފިއެވެ.

ބޮބީ ބުނި ގޮތުގައި، އެކްޓަރަކު ވަކި ކަހަލަ ރޯލަކުން މަޤުބޫލުކަން ހޯދުމުން ފިލްމު އުފައްދާ ފަރާތްތަކުން ތަކުރާރުކޮށް އެފަދަ ރޯލުތައް އެ އެކްޓަރަކަށް ހުށަހެޅުމަކީ އާންމު ކަމެކެވެ. ނުބައިބައި ރޯލުތަކުގެ ސަބަބުން އޭނާގެ ކެރިއަރަށް އައު ދިރުމެއް ލިބުނު ނަމަވެސް، މިހާރު މަސައްކަތް ކުރަމުންދަނީ އެ ސޫރައިން ބޭރުވެ ތަފާތު އެކި ކެރެކްޓާތައް ކުޅުމަށް ކަމަށް އޭނާ ހާމަކުރިއެވެ.

“އެ ތަސްވީރުން ބޭރުވުމަށް އަހަރެން ވަރަށް ބޮޑަށް މަސައްކަތް ކުރަން.” ބެލުންތެރިންނަށް އޭނާގެ އެކްޓިންގެ އެހެން ފަރާތްތަކެއް ފެނުމަށް އެދޭކަން ހާމަކުރަމުން ބޮބީ ބުންޏެވެ. އަދި ކުރިއަށް ހުރި ވެބް ސީރީޒްތަކާއި އެހެނިހެން މަޝްރޫއުތަކުން އޭނާގެ ތަފާތު ރޯލުތަކެއް ފެންނާނެ ކަމުގެ އިޝާރާތެއް ވެސް ވަނީ ދީފައެވެ.

ސަންދީޕް ރެޑީ ވަންގާގެ “އެނިމަލް” ގައި އަބްރާރު ހައްގުގެ ރޯލުން ފެނިގެންދިޔައިރު، މަދު ޑައިލޮގްތަކަކާ އެކުވެސް އެއީ އެ ފިލްމުގައި އެންމެ ގިނަ ބަޔަކު ދެއްކި އެއް ވާހަކައެވެ. ހަމައެއާއެކު “އާޝްރަމް” ގައި އޭނާ ދެއްކި މޮޅު ހުނަރާއެކު އޭނާގެ ނަން ވަނީ ނުބައިބައި ރޯލުތަކާ ވަރަށް ބޮޑަށް ގުޅިފައެވެ.

ނަމަވެސް ބޮބީ މިހާރު އުންމީދު ކުރަނީ، އެ ކާމިޔާބީގެ އެހީގައި ހަމައެކަނި އެއްގޮތަކަށް ރޯލުތައް ކުޅުމުގެ ބަދަލުގައި، ހުރިހާ ބާވަތެއްގެ ރޯލުތަކެއް ކުޅެވޭ ފަންނާނަކަށް ވުމަށެވެ.

މިވެސް ކިޔާލަން:  އަކްޝޭގެ "އަތުރަންގީ ރޭ" ގެ ޓްރެއިލާ އާންމުކޮށްފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top