ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކާސްޓަން ޑަންސްޓް ހޮލީވުޑްގެ ޒުވާންކަން ދެމެހެއްޓުމުގެ ފިއްތުންތަކަށް ނޫނެކޭ
މުނިއަވަސް ގްރެފިކްސް

އުމުރުން ދުވަސްވުމާ މެދު ކާސްޓަން ޑަންސްޓްގެ ވިސްނުން ވަރަށް ސާފެވެ. ހޮލީވުޑްގައި އޮންނަ ޒުވާންކަން ދެމެހެއްޓުމުގެ މަޖުބޫރުކަމަށް ލެނބި، ސިފައަށް ބަދަލު ގެނައުމުގެ ބަދަލުގައި، އޭނާ އިސްކަންދެނީ ގުދުރަތީ ގޮތުން އުމުރުން ދުވަސްވުމަށާއި މާނަހުރި ރޯލުތަކެއް ކުޅުމަށެވެ.

2024 އޭޕްރީލް 23 ގައި “ބްރިޓިޝް ޖީ.ކިއު” އަށް ދިން އިންޓަވިއުއެއްގައި، އޭރު އުމުރުން 41 އަހަރުގެ ޑަންސްޓް ބުނެފައިވަނީ، އާންމުކޮށް ރީތިކަމަށް ބަލާ މިންގަނޑުތަކަށް ފިތުމަށް އޭނާގެ މުޅި ކެރިއަރުގައި ކުރިމަތިވި ފިއްތުންތަކާ ބެހޭގޮތުން ވާހަކަދައްކަމުން، “އަހަރެން ބޭނުމީ މުސްކުޅިވިޔަސް ރަނގަޅު ރޯލުތަކެއް ކުޅެން،” ކަމަށެވެ.

ޑަންސްޓް ހަނދާން އާކުރި ގޮތުގައި، “ސްޕައިޑަމޭން” ގެ މަސައްކަތް ކުރިއަށްދިޔަ ދުވަސްވަރު، އޭނާގެ ދަތްތައް ސީދާކުރުމަށް ޕްރޮޑިއުސަރަކު ކުއްލިއަކަށް ޑެންޓިސްޓެއްގެ ގާތަށް އޭނާ ގެންދިޔައެވެ. ނަމަވެސް، އޭނާގެ ދަތްތައް ހުރި ގޮތާ މެދު އޭނާ ހިތްހަމަޖެހޭތީ އެކަމަށް އޭނާ އިންކާރުކުރިއެވެ. މީގެ އިތުރުން، އޭނާގެ ސިފައަށް ބަދަލު ގެނައުމަށް ކުރިމަތިވި ފިއްތުންތަކަށް އޭނާ ފުރަގަސްދިން އިރު، ކުޑައިރުއްސުރެ އޭނާގެ ގުދުރަތީ ސިފައަށް ލޯބިކުރުމަށް ފިލްމު އުފައްދާ ސޯފިއާ ކޮޕޯލާގެ ފަރާތުން އެހީތެރިކަން ލިބުނުކަން އޭނާ ފާހަގަކުރިއެވެ.

ޑަންސްޓްގެ މި ވާހަކަތައް އައިސްފައިވަނީ ހޮލީވުޑްގައި އުމުރުން ދުވަސްވާ އަންހެން ފަންނާނުންނަށް ކުރިމަތިވާ ތަފާތުކުރުންތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ހޮލީވުޑްގައި އަންހެން ބަތަލާއިންނަށް ޒުވާންކަން ދެމެހެއްޓުމަށް ބާރުއަޅާއިރު، އުމުރުން ދުވަސްވާ ވަރަކަށް މުހިންމު ރޯލުތައް ލިބުން މަދުވެއެވެ. މީގެ ކުރިން ވެސް ޑަންސްޓް ވަނީ އޭނާއަށް ހަމައެކަނި “ހިތާމަވެރި މަންމަ” އެއްގެ ރޯލުތައް ހުށަހަޅާތީ އެކަމާ މެދު ޝަކުވާކޮށް، ހަގީގަތުގައި ވެސް ޝައުގުވެރިވާ ފަދަ މަޝްރޫއެއް ލިބެންދެން މަޑުކުރުން މާ ރަނގަޅު ކަމަށް ބުނެފައެވެ.

މިވެސް ކިޔާލަން:  އަމިއްލަ ބަސް ނޭނގުމަކީ ފަޚުރުވެރިވާންޖެހޭ ކަމެއް ނޫން: ދަނޫޝް

ޑަންސްޓް ދެކޭގޮތުގައި، އުމުރުން ދުވަސްވުމަކީ ފޮރުވަންޖެހޭ ނުވަތަ އެއާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އެހެން މަރުހަލާތަކެކޭ އެއްފަދަ މަރުހަލާއެކެވެ. އަދި އޭނާ ބޭނުންވަނީ އޭނާގެ ކެރިއަރު ބިނާކުރާނީ ބޭރުފުށުގެ ސިފައަށްވުރެ ބޮޑަށް، އޭނާ ދައްކާ ހުނަރުވެރި އެކްޓިންގެ މައްޗަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top