ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިލަންދޫ އެއްވަނައިގައި ހަމަޖެހިލައިފި
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގައި ފ. އަތޮޅުގެ ފަސްވަނަ މެޗުން ނިލަންދޫ އަދި ހަވަނަ މެޗުން ދަރަނބޫދޫ / ބިލެތްދޫ މޮޅުވެއްޖެއެވެ. މިއަދާއި މިރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

މެޗު 5

ފަސްވަނަ މެޗުގައި ބައްދަލުކުރީ ނިލަންދޫ އާއި ފީއައްޔެވެ. މިއީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ނިލަންދޫ ކުޅުނު ފުރަތަމަ މެޗުން ފަސޭހަކަމާއިއެކު އެ ޓީމު މޮޅުވެފައިވާއިރު، ފީއަލި ކުޅުނު ފުރަތަމަ މެޗު ވީ އެއްވަރެވެ. ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނިލަންދޫން މި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އައި ނިލަންދޫން މި މެޗު ފަށައިގެން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ޑިފެންސަށް އިސްކަން ދީގެން ކުޅެމުން އައި ފީއަލީގެ ގޯލު ނިލަންދޫއަށް ހުޅުވާލެވޭވަރުވީ ހަތްވަނަ މިނިޓްގައެވެ. ނިލަންދޫއަށް ލީޑު ނަގައިދިނީ ޙަސަން ރާއިދު އެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ނިލަންދޫން ވަނީ އަށްވަނަ މިނިޓްގައި އިޔާޒް އަޙްމަދު ޖަހައިދިން ލަނޑާއެކު އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. އަދި ދިހަވަނަ މިނިޓްގައި އިޔާޒް އަޙްމަދު އޭނާގެ ދެވަނަ ލަނޑު ޖެހިއެވެ. ތޭރަވަނަ މިނިޓްގައި އިޔާޒް އަޙްމަދު ފުރިހަމަ ކުރި ހެޓްރިކާއިއެކު ނިލަންދޫން 4-0 އަށް ނަތީޖާ ބަދަލުކޮށްލިއެވެ.

ކައުންޓަރ އެޓޭކްގައި ލަނޑެއް ޖެހުމަށް މަސައްކަތް ކުރި ފީއަލިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސާއިދު އަބްދުލް ހަމީދު އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިޔާޒް އަޙްމަދު ވަނީ ނިލަންދޫއަށް ފަސްވަނަ ލަނޑެއް ޖަހައިދީފައެވެ.

މިވެސް ކިޔާލަން:  މާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ނިލަންދޫ އެވެ. މި ހާފުގައި ވެސް ޑިފެންސަށް ބޮޑު އިސްކަމެއް ދިން ފީއަލިން ވަނީ، ނިލަންދޫގެ ހަމަލާތައް ހުއްޓުވުމުގައި ހާފުގެ ފަހުކޮޅާއި ހަމައަށް ބޮޑު ކާމިޔާބެއް ހޯދާފައެވެ. މި ހާފުގައި ނިލަންދޫގެ ފުރަތަމަ ލަނޑު ޖެހީ 33 ވަނަ މިނިޓްގައި މޫސާ ޖަމާލް އެވެ. ހަވަނަ ލަނޑު ޖަހައިދިން މޫސާ ޖަމާލް ވަނީ މެޗު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި ނިލަންދޫގެ ލަނޑުގެ އަދަދު ހަތަކަށް ބަދަލުކޮށްލާފައެވެ. ފީއަލިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ އާލިމް އިބްރާހިމް ރަޝީދު އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް، ނިލަންދޫ އެއްވަނައަށް ޖެހިލިއިރު އެ ޓީމުގެ ފައިދާ ލަނޑު އެގާރައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިލަންދޫ ޓީމުގެ އިޔާޒް އަޙްމަދު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިޔާޒް އަޙްމަދު / ފޮޓޯ: އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ

މެޗު 6

ހަވަނަ މެޗުގައި ބައްދަލުކުރީ ބިލެތްދޫ އާއި ދަރަނބޫދޫ އެވެ. މިއީ މި ދެ ޓީމުގެ ވެސް ތިންވަނަ މެޗެވެ. ދަރަނބޫދޫ ކުޅުނު ފުރަތަމަ ދެ މެޗު އެއްވަރުވެފައިވާއިރު، ބިލެތްދޫ ކުޅުނު ފުރަތަމަ މެޗުން ބަލިވެ އަދި ދެވަނަ މެޗު ވަނީ އެއްވަރުވެފައެވެ. މި މެޗަށް ނުކުތްއިރު ދަރަނބޫދޫ އޮތީ ދެވަނައިގައެވެ.

ފުރަތަމަ ހާފުގައި ދަރަނބޫދޫން ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ނަސީރު އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއެއް ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރަން މަސައްކަތްކުރި ވަގުތު، ކީޕަރުގެ ފައިގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަށް ފަހު ވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފައެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާއެކުއެވެ.

މިވެސް ކިޔާލަން:  ކިޑްސަލް 2026 - ދުވަސް 1

ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަތީޖާ ހަމަހަމަކުރުމަށް ބިލެތްދޫން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ހާފުގެ ފަހުކޮޅަށް ދިޔައިރު، ލިބިފައިވާ ލީޑު ދެމެހެއްޓުމަށް ދަރަނބޫދޫން ވަނީ މަސައްކަތް ކޮށްފައެވެ. ދެވަނަ ހާފުގެ ފަހުކޮޅު ބިލެތްދޫއަށް ނަތީޖާ ހަމަހަމަކޮށްދިނީ ނަދީފް އިބްރާހިމް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ދަރަނބޫދޫން ނެގި ކޯނަރު ހޯދައި އެ ޓީމުގެ ތިން ކުޅުންތެރިން ގުޅިގެން އުފެއްދި ހަމަލާއެއްގައި ލިބުނު ފުރުސަތެއްގައެވެ.

ނަތީޖާ ހަމަހަމަވުމާއެކު ދަރަނބޫދޫން ވަނީ ޓީމު އެކުގައި ކުރިއަށް ޖެހި އަލުން ލީޑު ހޯދުމަށް މަސައްކަތް ކޮށްފައެވެ. ދެވަނަ ފަހަރަށް ދަރަނބޫދޫން ލީޑު ނެގީ 37 ވަނަ މިނިޓްގައެވެ. މި ލަނޑު ޖަހައިދިނީ އާދަމް އަޙްމަދު އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ފީއަލީ އޭރިޔާ ތެރެއަށް އޭނާ ވަތް ވަގުތު އެ ޓީމުގެ ކުޅުންތެރިއެއް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަށް ފަހު ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ލިބިފައެވެ.

2-1 އިން ދަރަނބޫދޫ މޮޅުވެ ގުރޫޕްގެ ދެވަނައަށް ޖެހިލި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުޙައްމަދު ނަސީރު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top