ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ފުރަތަމަ ފަހަރަށް ހަދާ ވެބް ސީރީޒް “ހުވާ” ގެ ޝޫޓިން ނިންމާލައިފި އެވެ.
މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ޝޫޓިން ފެށި މި ވެބް ސީރީޒް އަކީ ފާތުމަތު ނަހުލާގެ ސްކްރީންޕްލޭއަކަށް، އޭނާގެ ބެލުމުގެ ދަށުން ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މުހައްމަދު ފައިސަލް ޑައިރެކްޓްކުރާ ޑްރާމާ ސިލްސިލާ އެކެވެ.
ނަހުލާ ބުނީ “ހުވާ” ގެ ޝޫޓިން އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކަމަށެވެ.
“ހުވާ” ގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ ޔޫއްޕެ އާއި ފައިސަލް ގެ އިތުރުން ރަވީ ފާރޫގް، މަރިޔަމް އައްޒަ، ޝީލާ ނަޖީބް، އިބްރާހީމް ޖިހާދު (ޖިމީ)، އައިމިނަތު ރިޝްފާ، އަލީ އާޒިމް(ދޮންއައްޔަ)، ޖާދުﷲ އިސްމާއީލް (ޖާދު) އަދި އާރިފާ އިބްރާހީމް އެވެ.
ކިޔުންތެރިންގެ ޚިޔާލު
