ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތިން މެޗުން މޮޅުވެ ނިލަންދޫ ފައިނަލަށް
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގައި ފ. އަތޮޅުގެ ހަތްވަނަ މެޗުން ބިލެތްދޫ މޮޅުވިއިރު އަށްވަނަ މެޗުން މޮޅުވި ނިލަންދޫ ފައިނަލަށް ދަތުރުކޮށްފި އެވެ. އިއްޔެ އާއި ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

މެޗު 7

ހަތްވަނަ މެޗުގައި ބައްދަލުކުރީ ބިލެތްދޫ އާއި ފީއައްޔެވެ. މިއީ ބިލެތްދޫގެ ފަހު މެޗެވެ. އަދި ފީއަލީގެ ތިންވަނަ މެޗެވެ.

ބިލެތްދޫ ކުރިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާއިރު، އެއް މެޗުން އެއްވަރުވެފައިވެ އެވެ. މި މެޗާއި ކުރިމަތިލީއިރު ވެސް ބިލެތްދޫއަށް ވަނީ ފައިނަލްގެ ފުރުސަތު ގެއްލިފަ އެވެ. ފީއަލި ކުރިން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު އެއްވަރުވެފައިވާއިރު ދެވަނަ މެޗުން ވީ ބައްޔެވެ. އަދި ކުރިޔަށް އެއް މެޗު އެބައޮތެވެ. މި މެޗުން މޮޅުވެގެން ފައިނަލްގެ ޖާގައަށް ވާދަކުރުމުގެ ފުރުސަތު ފީއައްޔަށް އެބައޮތެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ބިލެތްދޫން ނެވެ. މެޗުގެ ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފަ އެވެ. ތިންވަނަ މިނިޓްގައި ބިލެތްދޫއަށް މި ލަނޑު ޖަހައިދިނީ  މުޙައްމަދު އަޝްހަމް އެވެ. އަޝްހަމް މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ގޯލާއި ދިމާއަށް ފޮނުވާލި ބޯޅައެއް ކީޕަރު ގައިގައި ޖެހިފައި ނުކުތް ވަގުތު، ހުސްކޮށް އޮތް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ ފީއަލިން ވަނީ ހާފުގެ ފަހުކޮޅު މޮޅު ކުޅުމެއް ދައްކައި ގިނަ ފުރުސަތުތަކެއް ހޯދާފަ އެވެ. ގިނަ ފުރުސަތުތަކެއް ބޭނުން ނުކުރެވި ދިޔަފަހުން 17 ވަނަ މިނިޓްގައި ފީއަލިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ބިލެތްދޫ ހާފުގެ މެދުތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި ކީޕަރު ކައިރިން ގޯލްގެ ތެރެއަށް ފޮނުވާލައި މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ޝާހު އެވެ.

މިވެސް ކިޔާލަން:  ނިލަންދޫ އެއްވަނައިގައި ހަމަޖެހިލައިފި

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ބިލެތްދޫން ނެވެ. ލީޑު ނެގުމަށް ދެ ޓީމުން ވެސް މަސައްކަތްކުރި މި ހާފުގެ ކުރީކޮޅު ބިލެތްދޫން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފަ އެވެ. 25 ވަނަ މިނިޓްގައި މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު މާއިލް އެވެ. ރީތި ޕާސްތަކަކާއިއެކު ބިލެތްދޫގެ ތިން ކުޅުންތެރިއަކު ގުޅިގެން އުފެއްދި ހަމަލާއެއްގައި ބިލެތްދޫއަށް ތިންވަނަ ލަނޑު ޖަހައިދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން މުޙައްމަދު މާއިލް އެވެ.

ނަތީޖާ ބަދަލުކޮށްލާނެ ގިނަ ފުރުސަތުތަކެއް ފީއައްޔަށް ވެސް ލިބުނު މި މެޗުގައި ދެން ވެސް ފެނުނީ ބިލެތްދޫގެ ލަނޑެކެވެ. 29 ވަނަ މިނިޓްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ނުހާޒް ފާއިޒް އެވެ. ނުހާޒް މި ލަނޑު ޖަހާފައިވަނީ ފީއަލީ ހާފުގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް ޖެހި ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިޔާތެރެއަށް ވަދެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

4-1 އިން ބިލެތްދޫ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބިލެތްދޫ ޓީމުގެ މުޙައްމަދު އަޝްހަމް އަޙްމަދު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު އަޝްހަމް އަޙްމަދު / ފޮޓޯ: އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ

މެޗު 8

އަށްވަނަ މެޗުގައި ބައްދަލުކުރީ ނިލަންދޫ އާއި މަގޫދޫ އެވެ. މި މެޗަށް ނުކުތްއިރު، ކުޅުނު ދެ މެޗުން މޮޅުވެ ނިލަންދޫ އޮތީ ލީގު ބުރުގެ އެއްވަނައިގަ އެވެ. ކުޅުނު ދެ މެޗުން ދެ ޕޮއިންޓް ލިބުނު މަގޫދޫ އޮތީ ހަތަރުވަނައިގަ އެވެ. މި މެޗު ކާމިޔާބުކޮށް ފައިނަލްގެ ޖާގައަށް ވާދަކުރުމުގެ ފުރުސަތު ހޯދޭނެ މަގު މި މެޗާއި ކުރިމަތިލީއިރު، މަގޫދޫއަށް ވެސް އޮތެވެ.

މިވެސް ކިޔާލަން:  ދަނގެތި ޗެމްޕިއަންކަން ހޯދައިފި 

މުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އައި ނިލަންދޫން މި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗު ފެށުމާއިއެކު ލީޑު ނެގުމަށް މަސައްކަތް ފެށި ނިލަންދޫގެ ހަމަލާތައް ހުއްޓުވުމުގައި މަގޫދޫން ކާމިޔާބު ހޯދި ނަމަވެސް، މާގިނައިރު އެގޮތުގައި ހިފަހައްޓައެއް ނުލެވުނެވެ. ތިންވަނަ މިނިޓްގައި ނިލަންދޫން ވަނީ ލީޑު ނަގާފަ އެވެ. ނިލަންދޫ ޓީމުގެ އުލާން ބަޓީރުބެކް ގޯލް ކުރިމައްޗަށް ހުރަސްކޮށްލަން މަސައްކަތްކުރި ބޯޅަ މަގޫދޫ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެ ވަނީ ގޯލްގެތެރެއަށް ވަދެފަ އެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގިނަ ހަމަލާތަކެއް ނިލަންދޫން ތަނަވަސްކުރި މި ހާފުގައި މަގޫދޫއަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބިފަ އެވެ.

ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ނިލަންދޫން ނެވެ. ހާފު ފެށުމާއިއެކު ލަނޑު ޖެހުމަށް ދެ ޓީމުން ވެސް ވަނީ މަސައްކަތް ފަށާފަ އެވެ. ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި ހާފުގައި ވެސް ލަނޑު ޖެހީ ނިލަންދޫން ނެވެ. 37 ވަނަ މިނިޓްގައި ނިލަންދޫގެ ލީޑު ފުޅާކޮށްދިނީ އަހްމަދު އަލީ އެވެ.

2-0 އިން ނިލަންދޫ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިލަންދޫ ޓީމުގެ އަހްމަދު އަލީ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު 9 ޕޮއިންޓް ހަމަކޮށް ނިލަންދޫ ވަނީ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފަ އެވެ. ނިލަންދޫއާއެކު ދެން ފައިނަލަށް ދާ ޓީމެއް އެނގޭނީ މި އަތޮޅުގެ ފަހު ދެ މެޗު ނިމުމުން ނެވެ. އެ ދެ މެޗު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރާއި ރޭގަނޑު އެވެ.

މިވެސް ކިޔާލަން:  ހިންނަވަރު ޗެމްޕިއަންކަން ހޯދައިފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top