ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިއުޒިކަލީ ގެ ނަން “ޓިކް ޓޮކް” އަށް ބަދަލުކޮށްފި

މިއުޒިކަލީ ބޭނުންކުރާ ފަރާތްތަކުން އިއްޔެ ހެނދުނު މިއުޒިކަލީ ހުޅުވައިލުމާއެކު ލިބިގެން ދިޔައީ ސަޕްރައިޒެކެވެ. އައު ލޯގޯ އަކާއި އެކު ފެނިގެން ދިޔައީ އާ ނަމެކެވެ.

 

އާނއެކެވެ. މިއުޒިކަލީ ގެ ނަން “ޓިކް ޓޮކް” އަށް ބަދަލުކޮށްލައިފި އެވެ. އާ ނަމަކާއި އާ ލޯގޯ އަކަށް ރީބްރޭންޑް ކޮށްލީ އެވެ.

 

2017 ވަނަ އަހަރު ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސުން މިއުޒިކަލީ އެޕް ހޯދިއެވެ. އެއަށްފަހު މިހާރު މިވަނީ އެކުންފުނީގެ “ޓިކް ޓޮކް” އެޕަށް މިއުޒިކަލީ ބަދަލުކޮށްލާފައެވެ.

 

މިއުޒިކަލީ އަކީ 2014 ވަނަ އަހަރު ޗައިނާ ބަޔަކު އުފެއްދި އެޕްލިކޭޝަނެކެވެ. އެ އެޕްލިކޭޝަންގެ ބޭނުމަކީ ލައިވް ވީޑިއޯ އަދި ކުރު ވީޑިއޯ އުފެއްދުމެވެ. 15 ސިކުންތާއި 1 މިނިޓްގެ ވީޑިއޯ އުފެއްދޭ އެ އެޕްލިކޭޝަނަކީ ބޭނުން އޯޑިއޯއެއް ލެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ އެޕެކެވެ. މިއީ މީގެ ދުވަސްތަކެއް ކުރިން ދިވެހިންގެ ތެރޭގައި މަޝްހޫރުވި ‘ޑަބްސްމެޝް’ އާ ދާދި އެއްގޮތް، އެހެން ނަމަވެސް ގިނަ ފީޗާތަކެއް އެކުލެވޭ އެޕެކެވެ.

 

މިއުޒިކަލީ އަކީ ދިވެހި ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލު އެޕެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top