ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖޭޑަބްލިޔޫ އާއި އޮޅުވެލި ސެމީ ފައިނަލަށް ދަތުރުކޮށްފި
ރިސޯޓް ލީގު - އެފްބީ

ރިސޯޓްތަކަށް އަމާޒުކޮށްގެން ބިގް ގޭމްސްއިން ކުރިޔަށް ގެންދާ ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯންގެ ސެމީ ފައިނަލަށް ޖޭޑަބްލިޔޫ މެރިއޮޓް އާއި އޮޅުވެލި ދަތުރުކޮށްފި އެވެ. މި ޒޯންގެ ކުއާޓާރ ފައިނަލްގެ މެޗުތައް އިއްޔެ ވަނީ ފަށާފައެވެ. އަދި މިއަދު ވަނީ ކުއާޓާރ ފައިނަލްގެ ފަހު ދެ މެޗު ކުޅެފައެވެ. މިއަދު ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

ކުއާޓާރ ފައިނަލްގެ ތިންވަނަ މެޗު:

ކުއާޓާރ ފައިނަލްގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ޖޭޑަބްލިޔޫ މެރިއޮޓް އާއި ދަ މެރީނާ އެޓް ކްރޮސްރޯޑް އެވެ. މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ޖޭޑަބްލިޔޫ އެވެ. ރަނގަޅު ފުރުސަތުތަކެއް ހޯދި ޖޭޑަބްލިޔޫއިން ވަނީ މެޗުގެ 6 ވަނަ މިނިޓްގައި ލީޑު ނަގާފަ އެވެ.  މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހުސައިން މުނާޒް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޖޭޑަބްލިޔޫ ހާފުގެ ތެރެއިން އޭރިޔާ ކައިރިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި ކްރޮސްރޯޑްގެ އޭރިޔާ ކައިރިން ފޮނުވާލި ބާރު ބޯޅައަކުން ނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ކްރޮސްރޯޑުން މަސައްކަތް ކުރަމުން ދަނިކޮށް ޖޭޑަބްލިޔޫއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ޖޭޑަބްލިޔޫ ކީޕަރު މަތިމަތިން ކްރޮސްރޯޑްގެ ހާފުތެރެއަށް ޖައްސާލި ބޯޅަ ހޯދައި ކީޕަރުގެ ބޯ މަތިން ގޯލްގެ ތެރެއަށް ފޮނުވާލައި މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އިއުފާފް އަބްދުﷲ އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާއެކު އެވެ.

މިވެސް ކިޔާލަން:  ރޮބިންސަން ނޫނު ބަލިކޮށް ސޮނެވާ ޖާނީ ފައިނަލަށް ދަތުރު ކޮށްފި

ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ފޯރިގަދަ ވާދަވެރި ކުޅުމެކެވެ. ހާފު ކުރީކޮޅު ރަނގަޅަށް ކުޅެ ކްރޮސްރޯޑުން ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދި ނަމަވެސް، އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވި އެވެ. ކްރޮސްރޯޑްގެ ގިނަ ހަމަލާތަކެއް ޖޭޑަބްލިޔޫގެ ކީޕަރު ދިފާއުކޮށްފައިވެ އެވެ. މެޗުގެ ފަހުކޮޅު ކްރޮސްރޯޑުން ކުޅެފައިވަނީ ކީޕަރު ވެސް ކުރިޔަށް އަރުވައިގެން ނެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދި ކްރޮސްރޯޑުން އުފެއްދި ހަމަލާއެއް ދިފާއުކުރަން މަސައްކަތްކުރި ވަގުތު ޖޭޑަބްލިޔޫ ކުޅުންތެރިއެއްގެ އަތުގައި އޭރިޔާ ތެރެއިން ބޯޅަ ޖެހުމާއި ގުޅިގެން ކްރޮސްރޯޑަށް ޕެނަލްޓީއެއް ލިބުނެވެ. ލަނޑެއް ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި ޕެނަލްޓީ ކާމިޔާބުކޮށް ކްރޮސްރޯޑުން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، އެ ލަނޑާއިއެކު މެޗު ވަނީ ނިމިފަ އެވެ.

2-1 އިން މޮޅުވެ ސެމީ ފައިނަލްގެ ތިންވަނަ ޖާގަ ޖޭޑަބްލިޔޫއިން ވަނީ ހޯދާފަ އެވެ.

ކުއާޓާރ ފައިނަލްގެ ހަތަރުވަނަ މެޗު:

ކުއާޓާރ ފައިނަލްގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ އޯޒެން ރިޒާވް ބޮލިފުށްޓާއި ސަން ސިޔާމް އޮޅުވެލި އެވެ. ރިސޯޓް ލީގު މާލޭ ޒޯންގެ ޗެމްޕިއަންކަން، ކުރިން ހޯދާފައިވާ މި ދެ ޓީމުގެ ފަރާތުން، މި މެޗުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ހޯދީ އޮޅުވެލިން ނެވެ. އޮޅުވެއްޔަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފި ދިޔައިރު، އޭގެ ފަހުން ބޮލިފުއްޓަށް ވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭނުން ނުކުރެވި ގޮސްފަ އެވެ.

މިވެސް ކިޔާލަން:  ނައިފަރު ދޮހޮއްކޮއަށް ޚާއްޞަ ޝޯއެއް ޝަލަބީގެ ބޭންޑުން

ލަނޑު ޖެހުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކޮށް 7 ވަނަ މިނިޓްގައި އޮޅުވެލިން ވަނީ މެޗުގެ ލީޑު ނަގާފަ އެވެ. ބޮލިފުށީގެ އޭރިޔާ ކައިރިން ލިބުނު ފްރީކިކް ގޯލް ވިގާމް ކުރިމައްޗަށް ޖައްސާލުމާއިއެކު އެއްފަހަރުން ގޯލަށް ވައްދާލައި މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ޝިޔާއު އެވެ. މި ލަނޑާއިއެކު ބޮލިފުށިން ކުޅުން ރަނގަޅުކޮށް، ލަނޑު ޖަހާނެ ފުރުސަތެއް ހޯދޭތޯ މަސައްކަތްކުރި ނަމަވެސް، ލިބިފައިވާ ލީޑު ދެމެހެއްޓުމަށް އިސްކަންދިން އޮޅުވެލިން ވަނީ ބޮލިފުށްޓަށް އެ ފުރުސަތު ނުދީފަ އެވެ. ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ އެންމެ ފަހުގެ ޗެމްޕިއަން އޮޅިވެލި އެވެ. ދެވަނަ ހާފު ފެށުމާއިއެކު ޝިޔާއު ޖަހައިދިން ދެވަނަ ލަނޑާއިއެކު އޮޅުވެލިން އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. އޮޅުވެލީގެ އެންމެ ފަހަތުން، މަތިމަތިން ކުރިޔަށް ލައިދިން ބޯޅަ ބޮލިފުށީގެ އޭރިޔާ ކައިރިން ކުޅުންތެރިއަކާއި ކީޕަރާއި ދެމެދަށް ވަދެ ޝިޔާއު ބޯޅަ ފޮނުވާލީ ބޮލުން ނެވެ. ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ ބޮލިފުށްޓަށް ކާމިޔާބެއް ނުލިބި މެޗު ނިމުމާއި ހިސާބަށް ދިޔައިރު، މެޗްގެ ފަހުކޮޅު އެ ޓީމުން ވަނީ ޕަވަރޕްލޭއަށް ކުޅުންތެރިއަކު ކުރިޔަށް އަރުވައިގެން ވެސް ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ބޮލިފުށިން ފޮނުވާލި ޕެނަލްޓީ އޮޅުވެލީގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

2-0 އިން މި މެޗު އޮޅުވެލި ކާމިޔާބު ކުރުމާއިއެކު ސެމީ ފައިނަލްގެ ހަތަރުވަނަ ޖާގަ ވަނީ އެ ޓީމަށް ލިބިފަ އެވެ.

މިވެސް ކިޔާލަން:  މާދޫ އާއި ހާރޑް ރޮކް ސެމީ ފައިނަލަށް ދަތުރުކޮށްފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top