“ސަލާމީ” އަކީ 1994 ވަނަ އަހަރު ރިލީޒްކުރި ހިންދީ އެކްޝަން-ރޮމޭންޓިކް ފިލްމެކެވެ. މިއީ ލަވްލީ ސިންގްގެ ވާހަކައަކަށް ޝާހްރުކް ސުލްތާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ޕްރޮޑިއުސްކުރީ ތެސް މިރްޒާ އެވެ. ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދަނީ އައްޔޫބް ޚާން، ރޯޝިނީ ޖެފްރީ (ސަމީރާ ޝަރީފް)، ސަމިޔުކްތާ ސިންގް އަދި ކަބީރު ބޭދީ އެވެ.
“ސަލާމީ” ގެ ލަވަތަކަކީ އެ އަދިވެސް ގިނަ ބައެއްގެ މެދުގައި ވަރަށް މަޤުބޫލު ލަވަތަކެކެވެ. އޭރުގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ކުމާރު ސާނޫ، އަލްކާ ޔަގްނިކް، ކަވީތާ ކްރިޝްނަމޫރްތީ، އާޝާ ބޯސްލޭ އަދި ޕަންކަޖް އުދާސްގެ އަޑުން ލަވަތައް ކިޔައިދީފައިވާއިރު، ލަވަތަކުގެ މިއުޒިކް ތައްޔާރުކޮށްދިނީ ނުވަދިހައިގެ އަހަރުތަކުގައި ހިންދީ މިއުޒިކްގައި ރަސްކަންކުރި މިއުޒިކް ކޮމްޕޯޒަރުން ކަމަށްވާ ނަދީމް-ޝްރަވަން އެވެ. ލަވައިގެ ޅެންތައް ތައްޔާރުކޮށްދިނީ ސަމީރު، މަދަން ޕަލް، ސުރެންދުރަ ސެތީ އަދި އަންވަރު ސާގަރެވެ.
މިފަހަރު މި ގެނެސްދެނީ “ސަލާމީ” ފިލްމުގެ “ބަސް އޭކް ތަމަންނާ ހޭ” އެވެ. މިއީ ކުމާރު ސާނޫ އާއި އަލްކާ ޔަގްނިކްގެ ޖާދުވީ އަޑުން އިވިގެންދާ ވަރަށް ރީތި ރޮމޭންޓިކް ލަވައެކެވެ. މިއީ ސަމީރުގެ ޅެމެކެވެ.
ހިންދީ ލަވަ އާއި ދިވެހި މާނަ
ބަސް އޭކް ތަމަންނާ ހޭ، ދިލްބަރް މެރޭ ދިލް މޭ
ލޯބިވާއެވެ. އަހަރެންގެ ހިތުގައި އޮތީ އެންމެ އެދުމެކެވެ.

އައި ލަވް ޔޫ ކެހެދޭ ތޫ، މުޖެ އާޖް އިސް މެހެފިލް މޭ
އެއީ މި މެހެފިލްގައި ކަލާ އަހަރެންދެކެ ލޯބިވާކަމަށް ބުނުމެވެ.

ބަސް އޭކް ތަމަންނާ ހޭ
ހަމައެކަނި އޮތް އެދުމަކީ މިއީއެވެ.
*****
މޭރީ މުހައްބަތު މޭ ހޯގާ އަސަރް، ތޯ މޭ ތުޖޭ ޖީތު ލޫންގާ
އަހަރެންގެ ލޯބީގައި ބާރެއްވާނަމަ، އަހަރެން ކަލާގެ ހިތް ކާމިޔާބު ކުރާނަމެވެ.
ދަރްދޭ ޖުދާއީ ކީ ބޭބަސީ، އަބް މޭ ކަބީ ނާ ސަހޫންގާ
އަދި ވަކިވުމުގެ ވޭނާއި ކެކުޅުން ދެން ދުވަހަކުވެސް އަހަރެން ނުއުފުލާނަމެވެ.

ތޭރީ މުހައްބަތު މޭ ޖާނޭ ވަފާ، މޭ ޖާން ބީ އަޕްނި ދޫންގާ
އޭ ވަފާތެރި ލޯބިވާއެވެ. ކަލާގެ ލޯތްބަށްޓަކައި އަހަރެންގެ ފުރާނަވެސް ޤުރުބާން ކުރާނަމެވެ.
މިލްނޭ ކި ކާއީ ހޭ މެއިނޭ ކަސަމް، އަބް ދޫރް މޭ ނާ ރަހޫންގާ
ކަލާޔާ ބައްދަލުކުރުމަށް އަހަރެން ވަނީ ހުވާކޮށްފައެވެ. ދެން ދުރަކު ނުހުންނާނަމެވެ.
ބަސް އޭކް ތަމަންނާ ހޭ، ދިލްބަރް މެރޭ ދިލް މޭ
ލޯބިވާއެވެ. އަހަރެންގެ ހިތުގައި އޮތީ އެންމެ އެދުމެކެވެ.
އައި ލަވް ޔޫ ކެހެދޭ ތޫ، މުޖެ އާޖް އިސް މެހެފިލް މޭ
އެއީ މި މެހެފިލްގައި ކަލާ އަހަރެންދެކެ ލޯބިވާކަމަށް ބުނުމެވެ.
ބަސް އޭކް ތަމަންނާ ހޭ
ހަމައެކަނި އޮތް އެދުމަކީ މިއީއެވެ.
*****
ތޭރޭ މެރޭ ދަރްމިޔާން ދިލްރުބާ، ޔޭ ކެއިސީ ދީވާރް އާޔީ
އޭ ލޯބިވާއެވެ. އަހަރެމެންގެ ދެމެދުގައި މިވަނީ ކޮންފަދަ ހުރަހެއް ހެއްޔެވެ؟
މިލްކޭ ބީ ތުޖްސޭ މޭ ސެހެތާ ރަހާ، އިތުނޭ ދިނޯން ތަކް ޖުދާއީ
ކަލާޔާ ބައްދަލުވެފައިވެސް މިހާ ދުވަސް ވަންދެން ވަކިވުމުގެ ހިތާމަ އަހަރެން އުފުލީމެވެ.

ޗަލްތީ ނެހީ ހޭ ކިސީ ކީ ޔަހާން، ރަސްމޭ މުހައްބަތު ކެ އާގޭ
ލޯބީގެ އުސޫލުތަކުގެ ކުރިމަތީގައި އެއްވެސް މީހެއްގެ ބާރެއް ނުހިނގާނެއެވެ.
ހަރާ ޒަމާނާ މެރީ ޖާނެމަން، ދިލް ކީ ބަގާވަތު ކެ އާގޭ
ލޯބިވާއެވެ. ކޮންމެ ޒަމާނެއްވެސް، އަހަރެންގެ ހިތުގެ އުދާސްތަކުގެ ކުރިމަތީގައި ބަލިވާނެއެވެ.
ބަސް އޭކް ތަމަންނާ ހޭ، ދިލްބަރް މެރޭ ދިލް މޭ
ލޯބިވާއެވެ. އަހަރެންގެ ހިތުގައި އޮތީ އެންމެ އެދުމެކެވެ.
އައި ލަވް ޔޫ ކެހެދޭ ތޫ، މުޖެ އާޖް އިސް މެހެފިލް މޭ
އެއީ މި މެހެފިލްގައި ކަލާ އަހަރެންދެކެ ލޯބިވާކަމަށް ބުނުމެވެ.
ބަސް އޭކް ތަމަންނާ ހޭ
ހަމައެކަނި އޮތް އެދުމަކީ މިއީއެވެ.
*****
ދުނިޔާ ބަޅީ ޒާލިމް ހޭ، މެރީ ޖާން ހޭ މުޝްކިލް މޭ
ދުނިޔެއަކީ ވަރަށް އަނިޔާވެރި ތަނެކެވެ. އަހަރެންގެ ފުރާނަ ވަނީ ނުރައްކަލެއްގައެވެ.

އައި ލަވް ޔޫ ކެހެތީ ހޫން، ތުޖޭ އާޖް އިސް މެހެފިލް މޭ
މި މެހެފިލްގައި މިއަދު އަހަރެން ތިބާދެކެ ލޯބިވާކަމަށް ބުނަމެވެ.

ދުނިޔާ ބަޅީ ޒާލިމް ހޭ
ދުނިޔެއަކީ ވަރަށް އަނިޔާވެރި ތަނެކެވެ.
*****
ތޭރޭ ލިޔޭ އޭ މެރޭ ހަމްދަމް، ދޯނޯ ޖަހާން ޗޯޅް ދޫންގީ
އަހަރެންގެ ލޯބިވާއެވެ. ތިބާއަށްޓަކައި އަހަރެން ދެ ދުނިޔެވެސް ދޫކޮށްލާނަމެވެ.
ރަސްމޯ ރިވާޖޯން ކީ މޭ ސާރީ، ޒަންޖީރޭން ތޯޅް ދޫންގީ
އާދަކާދަތަކުގެ ހުރިހާ ހުރަސްތަކެއް އަހަރެން މުގުރާލާނަމެވެ.

އައި ލަވް ޔޫ ކެހެތާ ހޫން، ތުޖޭ އާޖް އިސް މެހެފިލް މޭ