⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 10 މިނެޓު
🍽️ މި ރެސިޕީއިން ތައްޔާރުކުރެވޭނީ: 2 ތަށި
🛒 ބޭނުންވާ ތަކެތި:
● 2 ތަށި ކިރު (އާދައިގެ ކިރު ނުވަތަ ޑެއިރީ-ފްރީ ކިރު)
● 1 ތަށި ޕްލެއިން ޔޯގަޓް (އާދައިގެ ޔޯގަޓް ނުވަތަ ޑެއިރީ-ފްރީ ޔޯގަޓް)
● 2 ތަށި ބޭބީ ސްޕިނެޗް
● 4 ކިވީ (ތޮށި މަށާފައި)
● 1 ވައް ދޮންކެޔޮ (މެދު ސައިޒު)
● 2 މޭޒުމަތީ ސަމުސާ ޗިއާ ސީޑްސް
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – ބްލެންޑަރަށް ކިރު، ޔޯގަޓް، ސްޕިނެޗް، ކިވީ އަދި ދޮންކެޔޮ އެޅުމަށްފަހު ރަނގަޅަށް އޮމާންވަންދެން ގިރާލާށެވެ.
2 – ތައްޔާރުކުރި ސްމޫތީ ތަށްޓަކަށް ނުވަތަ ބިއްލޫރި ފުޅިއަކަށް އަޅާށެވެ. ތަށްޓަކަށް އަޅާނަމަ ޗިއާ ސީޑްސް އެޅުމަށްފަހު ސަމުސަލަކުން އެއްކޮށްލާށެވެ. ފުޅިއަކަށް އަޅާނަމަ ޗިއާ ސީޑްސް އެޅުމަށްފަހު މަތިޖަހައި ރަނގަޅަށް ހަލުވާލާށެވެ. ޗިއާ ސީޑްސްތައް މަޑުވަންދެން 3 އާއި 5 މިނެޓާ ދެމެދު ބެހެއްޓުމަށްފަހު، ބުއިމުގެ ކުރިން އަނެއްކާވެސް އެއްކޮށްލާށެވެ.
އިރުޝާދެއް:
އާންމުކޮށް ޗިއާ ސީޑްސް އެއްކުރަނީ ހުރިހާ އެއްޗެއް ބްލެންޑް ކުރުމަށްފަހުގައެވެ. ނަމަވެސް ބޭނުންނަމަ އެހެން ތަކެއްޗާއެކު ބްލެންޑަރުން ގިރާލެވިދާނެއެވެ. މިއީ މުޅިންވެސް ތިބާ އިސްކަންދޭ ގޮތަކަށް ކުރެވިދާނެ ކަމެކެވެ.
