⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 2 މިނެޓު
⏱️ ކައްކަން ހޭދަވާ ވަގުތު: 4 މިނެޓު
⏱️ މެރިނޭޓްކުރަން ބަހައްޓާ ވަގުތު: 20 މިނެޓު
⏱️ ޖުމްލަ ހޭދަވާ ވަގުތު: 26 މިނެޓު
🍽️ ތައްޔާރުކުރެވޭނެ މިންވަރު: 4 މީހުންނަށް
🛒 ބޭނުންވާ ތަކެތި
● ⅓ ޖޯޑު މާމުއި
● ¼ ޖޯޑު ސޯޔާ ސޯސް
● 4 ލޮނުމެދު (ގާނާފައި)
● 1 ސައިސަމުސާ އިނގުރު (ގާނާފައި)
● ¼ ސައިސަމުސާ ރެޑް ޗިލީ ފްލޭކްސް (މުގުރާފައި)
● 1 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ
● 1 ޕައުންޑް ރޯ ޝްރިމްޕް (ނޮޅައި ސާފުކޮށްފައި)
● 1 މޭޒުމަތީ ސަމުސާ ކޮރިއަންޑާ ނުވަތަ ޕާސްލީ (ކޮށާފައި)
● 1 ފިޔާ ފަތް (ކޮށާފައި)
👩🍳 ތައްޔާރުކުރާނެ ގޮތް
1 – ކުޑަ ބޯތަށްޓެއްގައި މާމުއި، ސޯޔާ ސޯސް، ލޮނުމެދު، އިނގުރު އަދި ޗިލީ ފްލޭކްސް އެއްކޮށްލާށެވެ.
2 – ވަކި ބޯތަށްޓަކަށް ޝްރިމްޕްތައް އެޅުމަށްފަހު، ކުރިން އެއްކުރި ސޯސްގެ ތެރެއިން ތިންބައިކުޅަ އެއްބައި ޝްރިމްޕްތަކުގެ މައްޗަށް އަޅާށެވެ. ޝްރިމްޕްތަކުގައި ސޯސް ރަނގަޅަށް ހޭކުމަށްފަހު 15 އާއި 20 މިނެޓާ ދެމެދުގެ ވަގުތަކަށް މެރިނޭޓް ކުރަން ބަހައްޓާށެވެ.
3 – ތަވައަކަށް ތެޔޮ އަޅައި މެދު މިންވަރެއްގެ ހޫނުމިނެއްގައި ރަނގަޅަށް ހޫނުކުރާށެވެ. އެއަށްފަހު ޝްރިމްޕްތައް އަޅައިގެން ކޮންމެ ފަރާތެއް 1 ނުވަތަ 2 މިނެޓު ވަންދެން ކައްކާށެވެ. ޝްރިމްޕްގެ ކުލަ ފިޔާތޮށި ކުލައަށް ބަދަލުވެ ކައްކާ ނިމެންދެން މަޑުކޮށްލާށެވެ.
4 – ބާކީ ހުރި ސޯސްކޮޅު ތަވައަށް އޮއްސާލުމަށްފަހު، މަޑު ގިނީގައި ކައްކަމުން ޝްރިމްޕްތަކާ އެއްކުރަމުން ގެންދާށެވެ. މިގޮތަށް ގާތްގަނޑަކަށް އެއް މިނެޓު ވަންދެން ކައްކާލުމުން ސޯސްގަނޑު ކުޑަކޮށް އޮލަވެ ހޫނުވާނެއެވެ.
5 – އުނދުން ނިވާލުމަށްފަހު ކޮރިއަންޑާ ނުވަތަ ޕާސްލީ އެއްކޮށްލާށެވެ. އަދި ސާވް ކުރުމުގެ ކުރިން މައްޗަށް ފިޔާ ފަތްކޮޅު އަޅާލާށެވެ.
