⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 20 މިނެޓް
🍽️މި މިންވަރުން ތައްޔާރުކުރެވޭނީ: 6 މީހުންނަށް
🛒 ބޭނުންވާ ތަކެތި:
● 1 ޕައުންޑް ތާޒާ ސްޓްރޯބެރީ (ތަނޑާއި ފަތްކޮޅު ނައްޓާލާފައި)
● 1 ½ ޖޯޑު ތާޒާ ލުނބޯ ހުތް (ގާތްގަނޑަކަށް 6 ބޮޑު ލުނބޯ)
● ½ ޖޯޑު މާމުއި
● 5 ޖޯޑު ފިނި ފެން
● ލުނބޯ ފޮތި (ގާނިޝް ކުރުމަށް)
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – ބްލެންޑަރަށް ސްޓްރޯބެރީ، މާމުއި އަދި 1 ޖޯޑު ފެން އެޅުމަށްފަހު، ރަނގަޅަށް އޮމާންވަންދެން 2 ނުވަތަ 3 މިނެޓް ވަންދެން ބްލެންޑް ކުރާށެވެ.
2 – ބްލެންޑް ކުރި މިކްސްޗަރު ޖަގަކަށް އެޅުމަށްފަހު، އޭގެ ތެރެއަށް ލުނބޯ ހުތާއި ބާކީ ހުރި 4 ޖޯޑު ފެން އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. މަތީގައި ކުޑަކޮށް ފޮނު ހުރި ނަމަވެސް، އިރުކޮޅަކުން އެ ފޮނުތައް މައިތިރިވާނެއެވެ. ނުވަތަ ބޭނުންނަމަ މަތީގައި ހުރި ފޮނުކޮޅު ނަގައި ފޮޅާލެވިދާނެއެވެ.
3 – ތަށްޓަކަށް އައިސް ކިއުބް އެޅުމަށްފަހު، މި ތާޒާ ސްޓްރޯބެރީ ލެމަނޭޑްގެ ފުރިހަމަ ރަހަ ލިބިގަންނާށެވެ.
އިތުރު މަޢުލޫމާތު:
މި ބުއިން އައިސްއަލަމާރީގައި 3 ނުވަތަ 4 ދުވަހުގެ މުއްދަތަށް ބެހެއްޓިދާނެއެވެ.
