ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ކްލެސިކް މޭވާ ސަލަޑް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރަން ނަގާ ވަގުތު: 20 މިނެޓް
🍽️ ތައްޔާރުކުރެވޭނެ މިންވަރު: 10 މީހުންނަށް

🛒 ބޭނުންވާ ތަކެތި

މޭވާ ސަލަޑަށް:

455 ގްރާމް ތާޒާ ސްޓްރޯބެރީ (ކޮށާފައި)
455 ގްރާމް ތާޒާ އަލަނާސި (މަޑުބައި ނަގައި، ކިއުބްކޮށް ކޮށާފައި)
305 ގްރާމް މޭބިސްކަދުރު
300 ގްރާމް ބްލޫބެރީ
4 ކިވީ (ތޮށިމަށައި، ފޮތިކޮށްފައި)
3 އޮރެންޖު
2 އަނބު (ތޮށިމަށައި، ގޮޅިކޮށް ކޮށާފައި)

ހަނީ ލައިމް ޑްރެސިންގްއަށް:

1 ސައިސަމުސާ ލުނބޯ ތޮށި (ގާނާފައި)
2 މޭޒުމަތީ ސަމުސާ ތާޒާ ލުނބޯ ހުތް
2 މޭޒުމަތީ ސަމުސާ މާމުއި

👩‍🍳 ތައްޔާރުކުރާނެ ގޮތް

1 – މޭވާތައް ތައްޔާރުކުރުން: ސްޓްރޯބެރީ، މޭބިސްކަދުރު އަދި ބްލޫބެރީތައް ރަނގަޅަށް ދޮވެ ހިއްކާލުމަށްފަހު، އަލަނާސި، އޮރެންޖު އަދި އަނބުގެ ތޮށިމަށާލާށެވެ. ހުރިހާ މޭވާއެއް ކާލަން ފަސޭހަވާނޭހެން ކުދިކޮށް ކޮށާލުމަށްފަހު ބޮޑު ބޯތަށްޓަކަށް އަޅާށެވެ.

2 – ޑްރެސިންގް ތައްޔާރުކުރުން: ކުޑަ ބޯތަށްޓެއްގައި ލުނބޯ ތޮށި، ލުނބޯ ހުތް އަދި މާމުއި އެއްކޮށް ގިރާލާށެވެ.

3 – އެއްކޮށްލުން: ތައްޔާރުކުރި ޑްރެސިންގް މޭވާތަކުގެ މައްޗަށް އެޅުމަށްފަހު، މަޑުމަޑުން ހުރިހާ ބައެއް އެއްކޮށްލާށެވެ.

އިތުރު އިރުޝާދު

ކުރިއާލާ ތައްޔާރުކުރުމަށް: ހުރިހާ މޭވާއެއް ކޮށުމަށްފަހު ބަންދުކޮށްފައިވާ އެއްޗެއްގައި 24 ގަޑިއިރު ވަންދެން ފްރިޖުގައި ބެހެއްޓިދާނެއެވެ. ޑްރެސިންގް އެއްކުރަންވާނީ ސާވްކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

ރައްކާކުރުން: ބަންދުކޮށްފައިވާ އެއްޗެއްގައި 3 ނުވަތަ 4 ދުވަސް ވަންދެން ފްރިޖުގައި ރައްކާކުރެވިދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top