ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މަގޭ ބިޓުގެ ވެޑިން” ގެ ވަދާޢީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފި
"މެގޭ ބިޓުގެ ވެޑިން"ގެ މަންޒަރެއްގައި ޝީލާ އަދި ސައީދު / ޓްރެއިލާ ސްކްރީން ޝޮޓް

މި މަހުގެ ދެވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ދައްކަން ފެށި ކާމިޔާބު ލޯބީގެ ކޮމެޑީ ފިލްމު “މަގޭ ބިޓުގެ ވެޑިން” ގެ ވަދާޢީ ޝޯތަކުގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާ ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ހާމަކޮށްފިއެވެ.

މި ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ރިލީޒްކުރި ފަހުން، ބެލުންތެރިންގެ ބޮޑު ތަރުހީބަކާއެކު ހައުސްފުލް ޝޯތަކެއް ދައްކަމުން އަންނަ މި ފިލްމުގެ ޝޯތައް މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އޮލިމްޕަހުގައި ކުރިއަށްދާނެއެވެ. މީގެ އިތުރުން، ފިލްމުގެ އިތުރު ޝޯއެއް ސެޕްޓެމްބަރު 23 ގައި ދެއްކުމަށް އޮލިމްޕަސް ސިނަމާ ލިބޭނެ ކަމުގެ ފެހި ސިގްނަލެއް ލިބިފައިވާ ކަމަށް ވެސް ފިލްމުގެ އެއް ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން މޮގާ ބުނީ “23 ސެޕްޓެމްބަރަށް އޮލިމްޕަސް ލިބޭނެ ކަމަށް އަނގަބަހުން ވަނީ އެއްބަސްވުމެއް ވެފަ. 23 އަށް ލިބިއްޖެނަމަ 23 ވަނަ ދުވަހުގެ ރޭ ވެސް ޝޯއެއް އޮންނާނެ،” ކަމަށެވެ.

ޝަހުދާ މަހްމޫދު ލިޔެ ޑައިރެކްޓްކޮށްފައިވާ “މަގޭ ބިޓުގެ ވެޑިން”ގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދުގެ އިތުރުން، ކައިލީން މުހައްމަދު އަލީ އެވެ.

މި ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދަނީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ހުނަރުވެރި ތަރިންނެވެ. އޭގެ ތެރޭގައި ޝަރަފް އަބްދުﷲ، އަލަށް ތައާރަފުވާ ފާތިމަތު ރާޔާ، ޝާފިއު އިބްރާހީމް (ފުބޫ)، ޝީލާ ނަޖީބް އަދި އަޙްމަދު ސަޢީދު ހިމެނެއެވެ. މީގެ އިތުރުން ހާޒިފް މުހައްމަދު، އާމިނަތު ނޫރާ އަދި އަބްދުﷲ ޒަލީޝާން ވެސް މި ފިލްމުގައި މުހިންމު ރޯލުތަކަކުން ފެނިގެންދެއެވެ.

މިވެސް ކިޔާލަން:  މަލްޓި ސްކްރީނަށް "ގޮށްރާޅު" ބިންދާލައިފި

ޑާކް ރެއިން އެންޓަޓެއިންމެންޓުން މަޢުލޫމާތު ދޭ ގޮތުގައި މި ފިލްމުގެ ވަދާޢީ ޝޯތަކުގެ ޓިކެޓް ބުކްކުރުމަށް އެ ޕްރޮޑަކްޝަންގެ ހޮޓްލައިން ނަންބަރު 9911229 އަށް ގުޅުމުން ޓިކެޓް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top