ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިޖުތިމާޢީ މައްސަލަތަކާއި ކުށުގެ ވެށި ދައްކުވައިދޭ މޮޅު އުފެއްދުންތަކެއް

މުނިފޫހިފިލުވުމުގެ ދުނިޔޭގައި އިޖުތިމާޢީ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއާއި، އަނދިރި ހަގީގަތްތަކުގެ އިތުރުން ފޯރިގަދަ ކުށުގެ ތަހުގީގުތައް ދައްކުވައިދޭ ފިލްމުތަކަކީ އަބަދުވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ އުފެއްދުންތަކެކެވެ. އެގޮތުން، ބެލުންތެރިންގެ ސަމާލުކަން ހުއްޓިފައިވާ އަދި ބަލައިލަން ފައްކާ ހަތަރު އުފެއްދުމެއްގެ ތަފުސީލު މިވަނީ ތިލަވެފައެވެ.

1. އައްސީ (2026)

ކްރައިމް، ޑްރާމާ އަދި ތުރިލާ ޖޯންރާގެ މި ފިލްމަކީ ޒީ5 މެދުވެރިކޮށް 20 ފެބުރުވަރީ 2026 ގައި ރިލީޒްކުރި ފިލްމެކެވެ. އައިއެމްޑީބީގައި 6.7 ގެ ރޭޓިންގއެއް ލިބިފައިވާ މި ފިލްމުގައި ދައްކުވައިދެނީ އަނިޔާވެރި ހަމަލާއަކާ ގުޅިގެން އަދުލު އިންސާފުގެ ނިޒާމުގައި ހުރި ބޮޑެތި ފޭލިވުންތައް ފަޅާއަރައިގެންދާ ގޮތެވެ. އަދި ބަދަލުހިފުމާއި ގާނޫނުގެ ދެމެދުގައިވާ ނުރައްކާތެރި ފަރަގާ ކުރިމަތިލާންޖެހޭ ވަކީލެއްގެ ހިތްވަރުގަދަ މަސައްކަތްތައް މި ފިލްމުން ފެނިގެންދެއެވެ.

2. ޔުފޯރިއާ (2026)

ޖިއޯ ހޮޓްސްޓާ އިން 6 ފެބުރުވަރީ 2026 ގައި ސްޓްރީމްކުރަން ފެށި “ޔުފޯރިއާ” އަކީ އިޖުތިމާޢީ މައްސަލަތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ތުރިލާ ޑްރާމާއެކެވެ. އައިއެމްޑީބީގައި 7.2 ގެ މަތީ ރޭޓިންގއެއް ހޯދާފައިވާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ހިތާމަވެރި ހާދިސާއަކާ ގުޅިގެން ޒުވާން އަންހެން ކުއްޖެއްގެ ހުވަފެންތައް ބިމާހަމަވެ، މުޖުތަމައުގެ ނުފޫޒާއި މަސްތުވާތަކެތީގެ އަނދިރި ފަރާތްތަކާ އަދި ކަންކަން ސިއްރުކުރުމުގެ ނުރައްކާތެރި ނަތީޖާއާ އޭނާގެ އާއިލާއިން ކުރިމަތިލާންޖެހޭ ގޮތުގެ މައްޗަށެވެ.

3. އަމީރާ (2026)

ޑައިރެކްޓަރު އާރް. ސުބްރަމާނިއަމްގެ މި ފިލްމަކީ ގުޅުންތަކާއި، ހިތުގެ ސިއްރު އިހުސާސްތަކުގެ އިތުރުން ދިރިއުޅުމުގައި ނިންމަންޖެހޭ އުނދަގޫ ނިންމުންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރަމުން އަންނަ ޝައުގުވެރި ޑްރާމާ ތުރިލާއެކެވެ. މި ފިލްމު ރިލީޒްކުރާނެ ތާރީޚަކާއި ޕްލެޓްފޯމެއް އަދި ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް، މި ފިލްމަކީ ބެލުންތެރިން ބޮޑު އިންތިޒާރެއް ކުރަމުން އަންނަ އުފެއްދުމެކެވެ.

މިވެސް ކިޔާލަން:  ބަލައިލަން ފައްކާވާނެ މޮޅު ހަތަރު ފިލްމެއް އަދި ސީރީޒެއް

4. ޕިލް (2024)

ޖިއޯ ސިނަމާ ޕްރީމިއަމް މެދުވެރިކޮށް 12 ޖުލައި 2024 ގައި ނެރުނު “ޕިލް” އަކީ ބެލުންތެރިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބި، އައިއެމްޑީބީގައި 7.8 ގެ މަތީ ރޭޓިންގއެއް ހޯދާފައިވާ ޑާކް ކްރައިމް ޑްރާމާއެކެވެ. މި ފިލްމުގައި ދައްކުވައިދެނީ ސިއްރު ބޭހެއްގެ ސަބަބުން ބޭސް އުފައްދާ ސިނާއަތުގެ އަނދިރި އަދި ނުރައްކާތެރި ހަގީގަތްތައް ހާމަވެ، އާދައިގެ އާންމު ރައްޔިތުން ނުރައްކާތެރި ބޮޑު ރޭވުމަކާ ކުރިމަތިލާން މަޖުބޫރުވާ ގޮތެވެ.

މި ހަތަރު ފިލްމަކީވެސް މުޖުތަމައުގެ ތަފާތު މައްސަލަތަކާއި ކުށުގެ ވެށީގެ ހަގީގަތްތައް ފުންކޮށް ދައްކުވައިދޭ، ވަގުތު ހޯދައިގެން ބަލައިލަން ވަރަށް ކަމުދާނެ ފިލްމުތަކެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top