ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސިދާތުގެ އާ ފިލްމު “ދަ ވާން” ގެ ޓްރެއިލާ އާންމުކޮށްފި
ގޫގަލް

މަޝްހޫރު ބޮލީވުޑް ތަރިން ކަމަށްވާ ސިދާތު މަލޯތުރާ އަދި ތަމަންނާ ބާޓިއާ ލީޑް ރޯލުން ފެނިގެންދާ ފިލްމު “ދަ ވާން – ފޯސް އޮފް ދަ ފޮރެސްޓް” ގެ ފޯރިގަދަ އަދި ސިއްރުތަކުން ފުރިގެންވާ ޓްރެއިލާ އާންމުކޮށްފިއެވެ. ދީޕަކް ކުމާރު މިޝްރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 25 ސެޕްޓެމްބަރު 2026 ގައެވެ.

ޖުމްލަ 2 މިނެޓާއި 44 ސިކުންތުގެ މި ޓްރެއިލާއިން ފެންނަނީ، އުފަން ރަށުގެ ކާބަފައިންގެ ވާހަކަތަކާއި ކުށްހީތައް ޤަބޫލުނުކުރާ ޒުވާނެއްގެ ރޯލުން ސިދާތު މަލޯތުރާއެވެ. ނަމަވެސް، އަނބިމީހާއާއެކު އެނބުރި ރަށަށް އަންނަ ހިސާބުން، އޭނާގެ ވިސްނުމާއި ފިކުރަށް ނޭނގޭ އެތައް ކަންތައްތަކަކާއި ކުރިމަތިލާންޖެހެއެވެ. އަދި އޭނާ ކުރިމަތިލާ ކަންތައްތަކަކީ އޭނާގެ ތަޤުދީރާ ގުޅިފައިވާ ކަންތައްތަކެއްކަން ޓްރެއިލާގެ ފަހުކޮޅުން ދައްކުވައިދެއެވެ.

ފެންޓަސީ އާއި ސަގާފީ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި އެޑްވެންޗާ އަދި މަޖާ ބައިތައްވެސް ހިމެނެއެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި ޖަންގައްޔާއި އޭގެ ޤުދުރަތީ ރީތި މަންޒަރުތަކުގެ އިތުރުން ފިލްމުގެ މިއުޒިކަކީ މި ވާހަކަ ގެނެސްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަމެވެ.

ސިދާތާއި ތަމަންނާގެ އިތުރުން ސުނިލް ގްރޯވަރ، މަނީޝް ޕޯލް، ޝްވޭތާ ތިވާރީ އަދި އަނޫޕް ސޯނީ ފަދަ ފަންނާނުން މުހިންމު ރޯލުތަކުން މި ފިލްމުން ފެނިގެންދާނެއެވެ. ޝޯބާ ކަޕޫރު، އެކްތާ ކަޕޫރު، އަރުނާބް ކުމާރު އަދި ނީރަޖް ކޯތާރީ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އަރުނާބް ކުމާރެވެ. ސިނެމަޓޯގްރަފީ މަނޫ އާނަންދު ހަދާފައިވާއިރު، މިއުޒިކް ތައްޔާރުކޮށްފައިވަނީ ވިޝާލް މިޝްރާ، އަމިތު ތުރިވޭދީ، ތަނިޝްކް ބާގްޗީ އަދި ސޭމް ސީއެސް އެވެ.

މިވެސް ކިޔާލަން:  ސޫރަޖްގެ "އޫންޗާއީ" އަށް ޑެނީއާއި ސާރިކާ

ސިދާތު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޖާންވީ ކަޕޫރާއެކު “ޕަރަމް ސުންދަރީ” އިންނެވެ. އަދި ތަމަންނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސުންދަރު ސީ ޑައިރެކްޓްކޮށް ވިޝާލްއާއެކު ކުޅޭ ފިލްމު “ޕުރުޝަން” އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top