ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މޯހިތު ސޫރީ، އަހާން ޕާންޑޭ އަދި އަނީތު ޕައްޑާއާއެކު އުފައްދާ ރޮމެންޓިކް ފިލްމުގެ ޝޫޓިންގ އޮކްޓޯބަރުގައި ފަށަނީ

ޑައިރެކްޓަރު މޯހިތު ސޫރީ އޭނާގެ ފިލްމު “ސައްޔާރާ” (2025) ގެ ތަރިން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާއާއެކު އިތުރު ލޯބީގެ ފިލްމެއް އުފައްދާނެކަން އިއުލާންކުރީ މިދިޔަ އެޕްރީލް މަހުގައެވެ. މިހާރު މިވަނީ މި ޓީމުން އަލުން މަސައްކަތަށް ނުކުންނަން ތައްޔާރުވެފައެވެ. “މިޑް-ޑޭ” އަށް އެނގިފައިވާ ގޮތުގައި ޔަޝް ރާޖް ފިލްމްސް (ވައި.އާރު.އެފް) އިން އުފައްދާ، އަދި ނަމެއް ދީފައިނުވާ މި ފިލްމުގެ މަސައްކަތް އޮކްޓޯބަރު މަހު މުމްބާއީގައި ފެށުމަށްފަހު، ދެން ކުރިއަށްދާނީ ގޯއާގައެވެ.

މިކަމާ ގުޅޭ މަސްދަރަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިއީ އާދައިގެ ލޯބީގެ ވާހަކަތަކާ ތަފާތު، ތަފާތު މިޒާޖެއްގެ ފިލްމެކެވެ. މޯހިތު ވަނީ ޖުލައި އަދި އޮގަސްޓް މަހު ފިލްމުގެ ލުކް ޓެސްޓުތައް ނިންމާފައެވެ. އަދި އޮކްޓޯބަރު މަހުން ފެށިގެން އަންދޭރީގައި ހުންނަ ވައި.އާރު.އެފް ސްޓޫޑިއޯގެ އިންޑޯ ސެޓެއްގައި ފިލްމުގެ ޝޫޓިން ފަށާނެއެވެ.

އަހާން ޕާންޑޭ ދެން އެންމެ އަވަހަށް ފެންނާނީ އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ، އަދި ނަމެއް ދީފައިނުވާ އެކްޝަން ފިލްމަކުންނެވެ. މި ފިލްމުގެ މަސައްކަތް ނިންމުމަށްފަހު، މޯހިތު ސޫރީ ދެން ތައްޔާރުވާނީ 2027 ވަނަ އަހަރުގެ ކުރީކޮޅު ރާމް ގޯޕާލް ވަރުމާ ޕްރޮޑިއުސްކުރާ ގޭންގްސްޓަރ ޑްރާމާއެއް ޑައިރެކްޓް ކުރުމަށެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ފިލްމުގެ ފުރަތަމަ ތާވަލުގައި މުހިންމު ބައިތަކަކީ މައިގަނޑު ކެރެކްޓަރުން ތައާރަފުކުރުމާއި، އެމީހުންގެ ގޭގެ މާހައުލުގައި ހިނގާ ކަންތައްތަކެވެ. އެއަށްފަހު ނޮވެމްބަރު މަހު ފިލްމުގެ މަސައްކަތް ގޯއާ އަށް ބަދަލުވާނެއެވެ. ޕްރޮޑިއުސަރު އަކްޝޭ ވިދާނީ ބޭނުންވީ މިއީ ހަމައެކަނި އާދައިގެ ޒުވާން ލޯބީގެ ވާހަކައަކަށް ނުވުމެވެ. މިއީ މޯހިތުގެ ފިލްމުތަކުން ފެންނަ ފަދަ، ފުން އަދި ތަފާތު ލޯބީގެ ވާހަކައެކެވެ. “ސައްޔާރާ” އާ ޚިލާފަށް މި ފިލްމުގައި އެކްޝަން މަންޒަރުތައްވެސް ހިމެނޭނެ ކަމަށް މަސްދަރުތަކުން ބުނެއެވެ. ހުރިހާ ކަމެއް ރޭވިފައިވާ ގޮތަށް ކުރިއަށްދާނަމަ، ޑިސެމްބަރު މަހުގެ ތެރޭގައި ފިލްމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ.

މިވެސް ކިޔާލަން:  އަބީޝެކް "ގޫމަރް" ގެ ޝޫޓިންގ ފަށައިފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top