ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިލްމު “ޕެހެލާ ޕިޔާރް ދޫސްރީ ބާރް” އިން މުޅިން އާ 6 މޫނެއް
ޓީ-ސީރީޒް - އެކްސް

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ލަވް ރަންޖަން ކޯ-ރައިޓް އަދި ކޯ-ޕްރޮޑިއުސްކުރާ އާ ރޮމެންޓިކް ކޮމެޑީ ފިލްމު “ޕެހެލާ ޕިޔާރް ދޫސްރީ ބާރް” އިޢުލާނުކޮށް، މި ފިލްމުން މުޅިން އަލަށް ހަ އެކްޓަރަކު ބޮލީވުޑަށް ތައާރަފުކުރާކަން ހާމަކޮށްފިއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ 23 އޮކްޓޯބަރު 2026 ގައެވެ.

ޒުވާނުންގެ މެދުގައި އޮންނަ ރަހުމަތްތެރިކަމާއި ލޯބީގެ ގުޅުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ އަނޫޖް ސައިނީ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިހާރު ދައްކާލާފައިވާއިރު، މި ޕޯސްޓަރުން ފެންނަނީ މަޖާ އަދި ދިރިއުޅުމުގެ އުފާވެރިކަން ދައްކުވައިދޭ ޒުވާން ގުރޫޕެކެވެ.

މި ފިލްމުން އަލަށް ތައާރަފުވާ ހަ އެކްޓަރުންނަކީ އަލީޝާ ޗޯޕްރާ، ސްޕަރްޝް ވަލިއާ، ސާކްޝީ ވައިދްޔާ، ކުނާލް ވައިދް، ސަރްގުން ކޯރް ލުތުރާ އަދި ތުޝާރް ޗިއްބަރް އެވެ.

މި ފިލްމާ ބެހޭގޮތުން ވާހަކަދައްކަމުން ލަވް ރަންޖަން ބުނީ، އާ ފަންނާނުން ތައާރަފުކުރުމަކީ އަބަދުވެސް ގޮންޖެހުމެއް ނަމަވެސް އެއީ އޭނާ އެންމެ ކުރާހިތްވާ ކަންތައް ކަމަށެވެ. މީގެ 15 އަހަރު ކުރިން “ޕިޔާރު ކާ ޕަންޗްނާމާ” އިން އާ ފަންނާނުން ތައާރަފުކުރުމުގެ ފުރުސަތު ލިބުނު ފަދައިން، މި ފިލްމުންވެސް އެފަދަ ފުރުސަތެއް ލިބުމުން ދޫކޮށްލަން ބޭނުންނުވީ ކަމަށް އޭނާ ބުންޏެވެ. އަދި ލިޔުންތެރިއެއްގެ ހައިސިއްޔަތުން މި ހަ ފަންނާނުންނަށް ބިނާކޮށް ވާހަކައެއް އުފެއްދުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ލަވް ފިލްމްސް އިން ހުށަހަޅައިދޭ މި ފިލްމަކީ ލަވް ރަންޖަން އާއި އަންކުރް ގަރްގް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ކުރިއަށް އޮތް ހަފުތާތަކުގައި ފިލްމުގެ ކެރެކްޓާތަކާއި ވާހަކައިގެ އިތުރު ތަފްސީލުތައް ހާމަކުރަމުންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

މިވެސް ކިޔާލަން:  ގޯވިންދާ އާއި ޑޭވިޑް ދަވަންގެ ގުޅުން ކެނޑުނު ސަބަބު ގޯވިންދާ ހާމަކޮށްފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top